މުބާރާތް
ނަންބަރު: (IUL)160-A/1/2018/30
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 11:25
ސުންގަޑި: 30 އޭޕްރިލް 2018 13:30
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ސަޢުދި ޢަރަބިއްޔާގެ މަދީނާގައި ބާއްވާ 40 ވަނަ މަލިކު ޢަބްދުލްޢަޒީޒު އިންޓަނޭޝަނަލް ޤުރްއާން މުބާރާތުގައި ބައިވެރިވުމާބެހޭ

އިޢުލާން

 

    ސަޢުދި ޢަރަބިއްޔާގެ މަދީނާގައި ބާއްވާ 40 ވަނަ މަލިކު ޢަބްދުލްޢަޒީޒު އިންޓަނޭޝަނަލް ޤުރްއާން މުބާރާތުގައި ބައިވެރިވުމާބެހޭ

 

ސަޢޫދީ ޢަރަބިއްޔާގެ މަދީނާގައި މިއަހަރު އޮކްޓޯބަރު މަހުގެ 06 އިން 10 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 40 ވަނަ މަލިކު ޢަބްދުލްޢަޒީޒު އިންޓަނޭޝަނަލް ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ދިވެހިރާއްޖެއަށްވަނީ ލިބިފައެވެ. މި މުބާރާތުގައި ހިމެނޭ ގޮފިތަކުން 2 ގޮތްޕެއްގައި ރާއްޖެއިން ބައިވެރިވާގޮތަށްވަނީ ހަމަޖެހިފައެވެ. މިއިން ކޮންމެ ގޮތްޕެއްގައިވެސް ބައިވެރިވާނީ 1 ބައިވެރިއެކެވެ.

ބައިވެރިވުމުގެ ޝަރުޠު

  1. މި މުބާރާތުގައި މީގެކުރިން ބައިވެރިވެފައި ނުވުން.
  2. ފިރިހެނަކު ކަމުގައިވުން.
  3. 25 އަހަރު ފުރިފައިނުވުން

މުބާރާތުގައި ބައިވެރިވެވޭނެ ގޮފިތައް

  1. މުޅިޤުރްއާން ހިތުދަސް  ކޮށްގެން ތަޖްވީދުމަގުން ކިޔެވުމުގެ ގޮފި.
  2. ވިދިވިދިގެން ( ތަރުތީބުން ) 15 ފޮތް ހިތުދަސް ކޮށްގެން ތަޖްވީދުމަގުން ކިޔެވުމުގެ ގޮފި.

މިމުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ 2 ބައިވެރިއަކު ހޮވުމަށް ބޭނުންވާތީ މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކުން 30 އޭޕްރިލް 2018 ވާ ހޯމަ ދުވަހުގެ 1.30 ގެ ކުރިން ބައިވެރިވުން އެދި ޤުރުއާނާބެހޭ މަރުކަޒަށް ސިޓީ ނުވަތަ ފެކްސް ފޮނުއްވުން އެދި ދަންނަވަމެވެ.

ނޯޓް:ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މުބާރާތަށް ކުދިން ހޮވާނީ މަރްކަޒުން އިމްތިޙާނު ކުރުމަށްފަހުގައެވެ.

04 އޭޕްރިލް 2018