ދިވެހިރާއްޖެ
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދުވާފަރު, ދިވެހިރާއްޖެ
އިޢުލާން
ނަމްބަރ: (IUL)304-EDS/304/2018/18 |
ތާރީޚް: 03 އޭޕްރިލް 2018 |
ސްޕޯރޓްސް އެރީނާ ޕުރޮޖެކްޓުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ވޮލީ ކޯޓުތައް މަރާމާތުކުރުން |
ސްޕޯރޓްސް އެރީނާ ޕުރޮޖެކްޓުގެ ދަށުން މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގައި ތަރައްޤީކުރެވޭ ވޮލީ ކޯޓުތައް މަރާމާތުކުރުމުގެ މަސައްކަތްތައް ކުރުމަށް ބޭނުންވެއެވެ. ވީމާ، ދުވާފަރުގެ ކައުންސިލްގެ އިދާރާއިން ކަނޑައަޅައި ގޮތެއްގެ މަތީން، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚްއަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚްގައި ބިޑް ހުށައެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށައެޅޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ އުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެއެވެ. ގަޑިޖެހުމަށްފަހު ހުށައަޅުއްވާ އަންދާސީ ހިސާބުތައް ބަލައި ގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ، އެމީހަކު ބަދަލުގައި ފޮނުވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަންވާނެއެވެ. ކުންފުންޏެއް ނަމަ، ކުންފުނީގެ ލެޓަރ ހެޑްގައި ފޮނުވާ މީހާގެ ވަނަވަރު އެނގޭނޭ ގޮތަށް ފޮނުވަންވާނެއެވެ. ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރަމެވެ. |
17 ރަޖަބް 1439
03 އޭޕްރިލް 2018