ދިވެހިރާއްޖެ
ކުރީގެ އިންޖީނުގެ ހުރިބިން ކުއްޔަށްދޫކުރުމާ ބެހޭ.
މި ކައުންސިލުން މުހިބަދޫގެ ކުރީގެ ހުޅަނގު އިންޖީނުގެ ހުރި ބިން 20 އަހަރު ދުވަހަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ކުރި ޢިއުލާނު ނަންބަރު:(IUL)350-SA/350/2018/26 އާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ، އެ އިޢުލާނު ބަތިލްކޮށް އަލުން އިޢުލާނު ކުރަމެވެ.
ވިމާ، މިކަމަށް ޝައުގުވެރިވާފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
* ބީލަން ފޮތް ދޫކުރުން 04 އޭޕްރިލް 2018 ވާ ބުދަ ދުވަހުން 09 އޭޕްރިލް 2018 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އާދެމެދު ސަރުކާރު ބަންދުނޫން ކޮންމެދުވަހަކު ލިބެން ހުންނާނެއެވެ.
* މިކަމަށް އެދި ހުށައަޅާ ބީލަންތައް 15 އޭޕްރިލް 2018 ވާ އާދީއްތަ ދުވަހު 13:00 ގެ ކުރިން މިކައުންސިލް އަށް ހުށަހަޅަންވާނެއެވެ.
* ބިޑް ހުޅުވުން އޮންނާނީ 15 އޭޕްރިލް 2018 ވާ އާދީއްތަ ދުވަހު 13:00 ގައި މިކައުންސިލްގެ އިދާރާގައެވެ.
* ބީލަން ފޮތް ނުވަތަ ބިޑް ފޮތެއްގެ އަގަކީ 250/- (ދުއިސައްތަ ފަންސާސް) ރުފިޔާއެވެ.
ބީލަން ފޮތް ބައްލަވައިނުގަންނަ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި، ދެންނެވީމެވެ.