ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)330-B/330/2018/17
ޕަބްލިޝްކުރި ތާރީޚް: 02 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 13:21
ސުންގަޑި: 06 އޭޕްރިލް 2018 20:30
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ކ. ކާށިދޫއިން ގޯތި ދޫކުރުމާ ގުޅޭ

ދިރިއުޅުމަށްޓަކައި ކާށިދޫއިން ގޯތި ބޭނުންވާ ފަރާތްތަކުން އެކަމަށް ކަނޑައެޅިފައިވާ ފޯމު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުމުން ފޯމު ހުށަހެޅި ދެމަފިރިން ކަމުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން، ގޯތި ލިބޭނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި ބާއްވާ ގުރުއަތުލުމުގައި ބައިވެރިވާނެ ފަރާތެއް ކަނޑައެޅުމަށްޓަކައި ފޯމު ހުށަހެޅި ދެމަފިރިންގެ މެދުގައި ބާއްވާ ގުރުއަތުލުން މިހިނގާ އޭޕްރީލް މަހުގެ 6 ވާ ހުކުރު ދުވަހުގެރޭ 20:30 ގައި ކާށިދޫ އަންހެނުންގެ މަރުކަޒުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ ކާށިދޫން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެތެރެއިން ފޯމު ހުށަހެޅި އިރު ދެމަފިރިން ކަމުގައި ތިބި އަދި އެފަރާތްތަކުގެ ފޯމު އެއްވެސް ސަބަބަކާހުރެ ބާޠިލްކުރެވިފައިނުވާ ފަރާތްތަކުން މި ޤުރުއަތުލުމުގައި ބައިވެރިވުމަށްޓަކައި ކަނޑައެޅިފައިވާ ގަޑިއަށް ކާށިދޫ އަންހެނުންގެ މަރުކަޒަށް ޙާޟިރުވުމަށް ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ. އެއްވެސް ސަބަބަކާހުރެ ޤުރުއަތުލުމަށް ޙާޟިރުވެވެން ނެތުމުގެ ސަބަބުން ބަދަލުގައި މީހަކު ފޮނުއްވާ ނަމަ އެކަން ބަޔާންކޮށްފައިވާ، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތުގެ ސިޓީއެއް ހުށަހަޅަންވާނެއެވެ.

             މިޤުރުއަތުލުމުގައި ބައިވެރިވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކުގެ ބަދަލުގައި ގޯތި ދިނުމަށް އެކުލަވާލެވިފައިވާ ކޮމިޓީގެ ފަރާތުން، މި ޤުރުއަތުގައި ބައިވެރިވުމަށް އަންނަ ފަރާތްތަކުގެ ޙާޟިރުގައި ޤުރުއަތު ނަގާނެކަން ވެސް ޢާއްމުކޮށް އެންގީމެވެ.

             މިޤުރުއަތުލުމުގައި ބައިވެރިވާންޖެހޭ ފަރާތްތަކުގެ ލިސްޓް މި އިޢުލާނާއެކު ޢާއްމުކުރެވިފައި އެވަނީއެވެ.

            ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

02 އޭޕްރީލް 2018

 

02 އޭޕްރިލް 2018