ތަމްރީނު
ނަންބަރު: (IUL)242/242/2018/16
ޕަބްލިޝްކުރި ތާރީޚް: 03 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 12:50
ސުންގަޑި: 17 އޭޕްރިލް 2018 14:00
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން

     ނަންބަރ:     IUL)242/242/2018/16) 

އިޢުލާން

 

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް ގުޅިގެން ގދ. ތިނަދޫގައި ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

 

ކޯހާ ބެހޭ މަޢުލޫމާތު:

ކޯހުގެ ނަން

ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން

މުއްދަތު

06 މަސް

ކިޔެވުން ފެށޭ ތާރީޚް

އެޕްރީލް 2018

ކިޔެވުން އޮންނަ ދުވަސްތައް

ކަނޑައެޅޭ ހަފްތާ ތަކެއްގެ ބުރާސްފަތި، ހުކުރު، ހޮނިހިރު (ބްލޮކް މޯޑް)

ބައިވެރިވުމުގެ ޝަރުޠު

  1. ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން.

ނުވަތަ

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލްކޮށްފައިވުން

ނުވަތަ

  1. އުމުރުން 18 އަހަރު ފުރި ގުޅުން ހުރި ދާއިރާއެއްގެ 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

ކޯސް ބާއްވާ ތަން

ގދ. ތިނަދޫގައި

އެޕްލިކޭޝަން ފޯމް ލިބެން ހުންނާނީ

ހުވަދުއަތޮޅު ދެކުނުބުރީ ރަށްރަށުގެ ރަށު ކައުންސިލްގެ އިދާރާތަކުން، ސިވލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން، ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން

ހުށަހަޅަންވީ ތާރީޚް

17 އޭޕްރީލް 2018 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް

ހުށަހަޅަން ޖެހޭ ތަކެތި

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް
  • އައިޑެއިންޓިޓީ ކާޑުގެ ކޮޕީ
  • އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ޖަހާފައިވާ ސަނަދުތަކުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ހުރިކަން އަންގައިދޭ ލިޔުން
  • ކޯހުގައި ބައިވެރިވުމާމެދު އިއުތިރާޒު ނުކުރާކަމަށް، ވަޒީފާ އަދާ ކުރާ އިދާރާއިން ދޭ ލިޔުން

ކޯހުގެ ފީ

އެޑްމިނިސްޓްރޭޓިވް ފީ އެއްގެ ގޮތުގައި ކޮންމެ މަހަކު -/500ރ

ކޯހުގެ ބައިވެރިން ހޮވުން

ކޯހުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޯހުގައި ބައިވެރިކުރާ ފަރާތްތައް ހޮވާނީ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން

އިތުރު މައުލޫމާތު

ކަމާބެހޭ  އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6841032 ނަންބަރު ފޯނަށް

 

ވީމާ، މިކޯހުގައި ބައިވެރި ވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.  

17 ރަޖަބް 1439

3 އޭޕްރީލް 2018

 

 

         މުޙައްމަދު ނާސިޙް ރަޝީދު

           ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ ރައީސް

03 އޭޕްރިލް 2018