ދިވެހިރާއްޖެ
އިއުލާން
ނަމްބަރު: GMIZ/IUL/CPA/2018/001
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑާއި ގުޅިފަލު އިންވެސްޓްމަންޓް ލިމިޓެޑް އަދި ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަށް ފޮނުއްވާ ލިޔެކިއުންތަކާއި ބެހޭ
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 7/2018 (20 މާރިޗް 2018) އިން ވަނީ ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް އުފައްދަވާ، ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް އަދި ގުޅީފަޅު އިންވެސްޓްމަންޓް ލިމިޓެޑްގެ އެންމެހާ ޒިންމާތައް އަލަށް އުފައްދަވާފައިވާ ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑާއި ވަނީ ހަވާލުކުރެވިފައެވެ.
ވީމާ، ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް އަދި ގުޅީފަޅު އިންވެސްޓްމަންޓް ލިމިޓެޑަށް އެޑްރެސްކޮށް ހުށަހަޅުއްވާ ލިއެކިއުންތައް ބަލައިގަނެވޭނެ އެންމެ ފަހު ތާރީޚަކީ 16 އޭޕްރިލް 2018 ވާ ހޯމަ ދުވަސް ކަމުގައި ދަންނަވަމެވެ. އަދި 17 އޭޕްރިލް 2018 ވާ އަންގާރަ ދުވަހުން ފެށިގެން ފޮނުއްވާ ހުރިހާ ލިޔެކިއުންތައް އެޑްރެސް ކުރައްވާނީ ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަށް ކަމުގައި ދަންނަވަމެވެ. ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަށް އެޑްރެސްކޮށް ފޮނުއްވާ އެންމެހާ ލިޔެކިއުންތަކެއް ފޮނުއްވާނީ ތިރީގައި މިދަންނަވާ އެޑްރަހަށެވެ.
ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް
މއ.ފެން ބިލްޑިންގ، 4ވަނަ ފަންގިފިލާ
މާލެ، ދިވެހިރާއްޖެ
ފޯން: 3307513،3307515 ފެކްސް: 3307514
ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 08:00 އިން މެންދުރުފަހު 03:00 އާއިދެމެދު ކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
17 ރަޖަބު 1439
03 އޭޕްރިލް 2018