ދިވެހިރާއްޖެ
މަޤާމް: އެސިސްޓެންޓް ލެކްޗަރަރ ގްރޭޑް 1
ބޭނުންވާ އަދަދު: 01 (އެކެއް)
މަޤާމްގެ ގިންތި: ވަގުތީ
ރޭންކް: އެމް. އެސް. 2
ކްލެސިފިކޭޝަން : ޓެކްނިކަލް އޮފިސަރ ގްރޭޑް 2
ވަޒީފާ އަދާކުރަންޖެހޭ މުއްދަތު: 1 އަހަރު
ސެކްޝަން: އެކަޑަމިކް ސެކްޝަން
މަޤާމް އޮތް އޮފީސް: މޯލްޑިވްސް ޕޮލިޓެކްނިކް
ވަޒީފާ އަދާކުރަންޖެހޭ ތަން: މޯލްޑިވްސް ޕޮލިޓެކްނިކް/ މާލެ
ދާއިރާ: އެޑިޔުކޭޝަން /ފިޒިކަލް އެޑިޔުކޭޝަން / ކުޅިވަރުގެ ދާއިރާ
މަސައްކަތް ކުރަންޖެހޭ ގަޑި: ހެނދުނު 8:00 ން މެންދުރުފަހު 14:00އަށް
މުސާރަ : -/6295 ރުފިޔާ
ސަރވިސް އެލަވަންސް: -/3500 ރުފިޔާ
އިތުރު އިނާޔަތްތައް: 1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހެފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.
2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:
1- ދަރިވަރުން ތަމްރީނުކުރުން
2- އަލަށް ކޯސްތަކަށް ވަންނަ ދަރިވަރުން ތަމްރީންކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
3. ދަރިވަރުންނާ ގުޅުންހުރި އަޚްލާޤީ މައްސަލަތައް ޑިޕާރޓްމެންޓްގެ އިސްވެރިޔަކަށް ނުވަތަ ކޯސް ކޯޑިނޭޓަރއަށް ރިޕޯޓްކުރުން
4. ދަރިވަރުންގެ ހާޒިރީ މޮނީޓަރކޮށް ރެކޯޑްތައް ފައިލްކުރުމާއި ހާޒިރުނުވާ ދަރިވަރުންގެ މައުލޫމާތު އެޑިޕާރޓްމެންޓްގެ އިސްވެރިޔާއަށް އެންގުން
5. ސްޓުޑެންޓް ސާރވިސް ކުރިއެރުވުމަށްޓަކައި ފަންނުވެރި ޚިޔާލުތައް ތަރައްޤީކުރުން
6. އެކްޓިވިޓީ ކަލަންޑަރު ތައްޔާރުކުރުން
7. ސްޓޫޑެންޓް އެސޯސިއޭޝަންގެ ކަންތައްތައް ރާވައި ހިންގާ އަދި ސުޕަރވައިޒްކުރުން
8. ވަޒިފާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ދުވާލަކު މަދުވެގެން 6 ގަޑިއިރު އަދި ގިނަވެގެން ހަފްތާއަކު 30 ގަޑިއިރު ހޭދަކުރުން (މިވަގުތުތަކުގެ ތެރެއިން ބައެއްފަހަރު ހަވީރު އަދި ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރަން ޖެހުން އެދެވިގެންވެއެވެ)
9. އެމަރޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ އަމަލުކުރާނެގޮތުގެ ހުނަރާއި މައުލޫމާތު ލިބިފައިވުން
10. ސޫޑެންޓް ސަރވިސްގެ މަޤާމްތަކާއި ބޭނުންކުރާ އިކުއިޕްމެންޓްތަކުގެ ފުރިހަމަ މައުލޫމާތު ލިބިފައިވުން
11. މަސައްކަތުގެ މާހައުލު ރައްކާތެރި ތަނަކަށް ހެދުން
12. ޝިފްޓް ޑިއުޓީ އަދާކުރަން ޖެހިއްޖެ ހާލަތެއްގައި ޝިފްޓް ޑިއުޓީ އަދާކުރުން
13. ޚިދުމަތުގެ މިންވަރާއި ފެންވަރު ބެލެހެއްޓުމާއި ދެމެހެއްޓުން
14. ސަލާމަތާއި ރައްކާތެރިކަމާ ގުޅެ އެންމެހާ ކަންތައްތަކުގެ ޒިންމާނެގުން
15. ދަރިވަރުންނާ ގުޅުންހުރު އެންމެހާ މަސައްކަތްތަކުގެ ޒިންމާނެގުން
16. ދަރިވަރުންގެ ރިވިއު ޕްރޮސެސް ބަލަހައްޓައި ކޮންމެ ދަރިވަރެއް ވަކިވަކިން އިވެލުއޭޓްކޮށް ޑިޕާރޓްމެންޓްގެ އިސްވެރިޔާއަށް ރިޕޯޓްކުރުން
17. ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ބީޓެކް ސްޕޯޓްސް ކޯހުގެ ހުރިހާ ކަމެއް މޮނިޓަރކުރުން
18. ޕޮލިޓެކްނިކްގެ ދަރިވަރުންނާ ގުޅޭ ކޯކަރިކިއުލަރއާއި އެކްސްޓްރާ ކަރިކިއުލަރ އެކްޓިވިޓީތައް ރާވައި ހިންގުމުގައި އެހީތެރިވުން.
19- ދަރިވަރުންގެ އަޚްލާގާއި އުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރުމާއި ނަފްސާނީ ދުޅަހެޔޮކަމަށާއި ޖިސްމާނީ ދުޅަހެޔޮކަމަށް އަޅާލުން.
20- ޕޮލިޓެކްނިކްގެ ކަންތައްތައް ރަގަޅުކުރުމަށް ހިންގާ ކަންކަމުގައި އެއްބާރުލައިގެން އަމިއްލަގޮތުންވެސް މަސައްކަތް ކުރުން
21- މަޤާމާއި ގުޅޭގޮތުން މޯލްޑިވްސް ޕޮލިޓެކްނިކްއިން ޙަވާލުކުރެވޭ ކަންތައްތައް ކުރުން.
ޝަރުތު:
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،
1. ކިޔަވައިދޭ މާއްދާ (އެޑިޔުކޭޝަން /ފިޒިކަލް އެޑިޔުކޭޝަން / ކުޅިވަރުގެ ދާއިރާ) ނުވަތަ މާއްދާތަކުގައި ކިޔަވައިދޭ ބައިތަކާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
ނުވަތަ،
2. ކިޔަވައިދޭ މާއްދާ (އެޑިޔުކޭޝަން / ފިޒިކަލް އެޑިޔުކޭޝަން / ކުޅިވަރުގެ ދާއިރާ) ނުވަތަ މާއްދާތަކުގައި ކިޔަވައިދޭ ބައިތަކާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ތަމްރީނުދިނުމުގެ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
ނުވަތަ،
3. ކިޔަވައިދޭ މާއްދާ (އެޑިޔުކޭޝަން / ފިޒިކަލް އެޑިޔުކޭޝަން / ކުޅިވަރުގެ ދާއިރާ) ނުވަތަ މާއްދާތަކުގައި ކިޔަވައިދޭ ބައިތަކާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ތަމްރީނުދިނުމުގެ ދާއިރާއެއްގެ ވަޒީފާގައި މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
ނުވަތަ،
4. މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއެކު، އެމް.އެސް 1 ރޭންކުގެ ތަމްރީނު ދިނުމުގެ ދާއިރާއެއްގެ ވަޒިފާގައި މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
ރ. މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
ވަޒީފާއަށް އެދޭ ފޯމު މޯލްޑިވްސް ޕޮލިޓެކްނިކްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ 10 އޭޕްރިލް 2018 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޕޮލިޓެކްނިކްގެ ކައުންޓަރަށެވެ.
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
އިންޓަވިއު ކުރުން:
މި މަޤާމުގެ އިންޓަވިއު، އެއް މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ، މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ.
ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
ޝޯޓް ލިސްޓްކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:
30%
އިތުރު މަޢުލޫމާތު ހޯދުން:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މޯލްޑިވްސް ޕޮލިޓެކްނިކްގެ 3305401 / 3305469 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.