ދިވެހިރާއްޖެ
މި މިނިސްޓްރީއަށް ބޭނުންވާ މެޓީރިއަލް ސަޕްލައިކޮށްދެއްވާނޭ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)138-AS6/1/2018/66 (18 މާރިޗު 2018) އިޢުލާނާއި ގުޅިގެން އެނެކްސް 2 އަދި އެނެކްސް 3 އަށް އެކަށީގެންވާ ތަރުޚީބެއް ލިބިފައިނުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 އެޕްރީލު 05 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 އެޕްރީލު 12 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 އެޕްރީލު 05 ވާ ބުރާސްފަތި ދުވަހުގެ 11:30 އިން ފެށިގެން 2018 އެޕްރީލު 12 ވާ ބުދަ ދުވަހުގެ 10:30 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 / 3004378 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.