ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-BR/1/2018/73
ޕަބްލިޝްކުރި ތާރީޚް: 02 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 13:10
ސުންގަޑި: 09 އޭޕްރިލް 2018 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
02 އޭޕްރިލް 2018 އިން ފެށިގެން ވިޔަފާރިކުރާ ގަޑިތަކަށް އައިސްފައިވާ ބަދަލު

އިޢްލާން

 

02 އޭޕްރިލް 2018 އިން ފެށިގެން ވިޔަފާރިކުރާ ގަޑިތަކަށް އައިސްފައިވާ ބަދަލު

            ދިވެހިރާއްޖޭގައި ކުރިއަށް ގެންދާ އެކިއެކި މަޝްރޫޢުތަކާއި ގުޅިގެން، ދިވެހި އިޤްތިޞާދަށާއި ޢާންމު ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކަށް އެންމެ އެކަށީގެންވާ ވިޔަފާރިކުރާ ގަޑިތަކެއް ހަމަޖެއްސުމަށްޓަކައި، ތިރީގައިވާ ބާވަތްތަކުގެ ވިޔަފާރިކުރާ ތަންތަން ބަންދުކުރާ ގަޑިތަކަށް ބަދަލު ގެނެސްފައިވާ ވާހަކަ ޢާންމުކޮށް އަންގާ އިޢްލާންކުރީމެވެ. އަދި، މިބަދަލުގެ ސަބަބުން، މާލޭގައި މުދާ އުފުލުމުގައި ކަނޑައަޅާފައިވާ ގަޑިތަކަށް ގެނައި ބަދަލާއިއެކު، ވިޔަފާރިކުރާ ފަރާތްތަކާއި އާންމުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެހިގެންދާނެއެވެ.

  1. 02 އޭޕްރިލް 2018 އިން ފެށިގެން، ސައިހޮޓަލާއި ރެސްޓޯރަންޓް އަދި ކެންޓީނު ފަދަ ތަންތަން މެންދަމު 1:00 އާއި ހަމައަށް ހުޅުވާފައި ބެހެއްޓިދާނެއެވެ.
  2. 02 އޭޕްރިލް 2018 އިން ފެށިގެން، ޕެޓްރޯލް އަދި ޑީސަލް ވިއްކާ ތަންތަން މެންދަމު 12:00 އާއި ހަމައަށް ހުޅުވާފައި ބެހެއްޓިދާނެއެވެ.

            ވީމާ، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި، މަތީގައި ބަޔާންކުރާ ވިޔަފާރިތައް ކުރާ ފަރާތްތަކުން، މިއިޢްލާންގައިވާ ގޮތަށް، ޢަމަލުކުރުމަށް ދެންނެވީމެވެ.  

            ‏17‏ ރަޖަބު‏ 1439

            ‏02‏ އޭޕްރިލް‏ 2018

 

 

02 އޭޕްރިލް 2018