މަސައްކަތް
ނަންބަރު: (IUL)305/305/2018/23
ޕަބްލިޝްކުރި ތާރީޚް: 27 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 14:54
ސުންގަޑި: 09 އޭޕްރިލް 2018 13:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
4 އެއާރކޯނު ހަރުކޮއްދޭނެ ފަރާތެއް ހޯދުން

އިޢުލާން

އެއާރ ކޯނުތަކެއް ހަރުކޮށްދޭނެ ފަރާތެއް ހޯދުން

ތިރީގައި ދެންނެވިފައިވާ ތަންތަނުގައި އެއާރކޯނުތަކެއް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

  1. ރ.މާކުރަތު ހިނަވާގެ 2 އެއާރކޯނު.
  2. ރ.މާކުރަތު ޕްރީސްކޫލު 2 އެއާރކޯނު.

ވީމާ، މިއެއާރކޯނުތައް ހަރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 03 އޭޕްރީލް 2018 ވާ އަންގާރަދުވަހުގެ މެންދުރުފަހު 13:00 ށް މިއިދާރާއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 09 އޭޕްރީލް 2018 ވާ ހޯމަދުވަހު މެންދުރުފަހު 13:00 ށް މިމަސައްކަތް ކޮށްދެވޭނެ އަގާއި މުއްދަތު އެނގޭ ގޮތަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާން ކުރައްވާ ސިޓީ ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަންބަރު: 18/2014 ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ކަމުގައި ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

27 މާރިޗު 2018