މަސައްކަތް
ނަންބަރު: (IUL)305/305/2018/22
ޕަބްލިޝްކުރި ތާރީޚް: 27 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 14:51
ސުންގަޑި: 10 އޭޕްރިލް 2018 13:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.މާކުރަތު ކައުންިސލްގެ އިދާރާއަށް 3 ފޭސް ކަރަންޓް އެޅުން

 

 

އިޢުލާން

އިދާރާއަށް 3 ފޭސް ކަރަންޓު އަޅައިދޭނެ ފަރާތެއް ހޯދުމަށް

 

ރ.މާކުރަތު ކައުންސިލް އިދާރާއަށް 3 ފޭސް ކަރަންޓު އަޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 04 އޭޕްރީލް 2018 ވާ ބުދަދުވަހުގެ މެންދުރުފަހު 13:00 ށް މިއިދާރާއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 އޭޕްރީލް 2018 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާން ކުރައްވާ ސިޓީ ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަންބަރު: 18/2014 ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ކަމުގައި ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

27 މާރިޗު 2018