ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)301/301/2018/23
ޕަބްލިޝްކުރި ތާރީޚް: 01 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 13:08
ސުންގަޑި: 10 އޭޕްރިލް 2018 11:00
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. އަނގޮޅިތީމު ކައުންސިލްގެ އިދާރާއަށް ރަށު ޕިކަޕެއް ގަންނަން ބޭނުންވެއްޖެ

ރ. އަނގޮޅިތީމުގައި ދެމެހެއްޓެނިވި ރައްކާތެރި ގޮތެއްގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ ރަށު ޕިކަޕެއް ގަތުމަށް ބޭނުންވެގެން ކުރެވުނު އިޢްލާން ނަންބަރު (IUL)301/301/2018/14 އެއްވެސް ފަރާތަކުން އިޖާބަ ދީފައިނުވާތީވެ އެ އިޢްލާން ބާތިލްކޮށް އަލުން އިޢްލާން ކުރަމެވެ. މި ޕިކަޕް ގަތުމަށް އަނގޮޅިތީމު ކައުންސިލްގެ އިދާރާއިން އެޑްވާންސްކޮށް އެއްވެސް ފައިސާއެއް ޚަރަދުނުކޮށް ތިރީގައި މިދަންނަވާ ގޮތަށް ޕިކަޕް ވިއްކަން އެދޭ ފަރާތްތަކުން 10 އޭޕްރީލް 2018ވާ އަންގާރަ ދުވަހު 11:00އަށް އަނގޮޅިތީމު ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢްލޫމާތު ސާފު ކުރެއްވުމަށްފަހު 16 އޭޕްރީލް 2018 ވާ ހޯމަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މި ބީލަމުގެ މަޢްލޫމާތު ސެޝަން އަދި ބިޑް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އެފަރާތެއްގެ އައިޑީކާޑުގެ އަސްލު އަދި ބަދަލުގައި ހާޒިރުވާ ބޭފުޅުން ތަމްސީލު ކުރައްވާ ކުންފުނި / ޝަޚުސުގެ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ.

މި އިދާރާއަށް ގަންނަން އެދޭ ޕިކަޕު (ޓްރައި ސައިކަލް) ސްޕެސިފިކޭޝަން:

  • ބްރޭންޑް: ކަވާކީ
  • އިންޖިން ކެޕޭސިޓީ: 200ސީސީ
  • ލޯޑިން ކެޕޭސިޓީ: > 1000 ކިލޯ
  • އިންޖިން / ބެޓްރީ: އިންޖިން

ވީމާ މަތީގައި ދެންނެވިފައވާ ތާރީޚްތަކުގައި މި ބީލާމއި ބެހޭ ގޮތުން މަޢްލޫމާތު ސާފު ކުރެއްވުމަށްފަހު ދެންނެވިފައިވާ ތާރީޚަށް ބިޑް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

15  ރަޖަބް   1439

01 އޭޕްރިލް 2018