ދިވެހިރާއްޖެ
ޢިއުލާން
އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓްގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ
އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓްގައި ކުރަންހުރި ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- ކޯޓްގެ މައިދޮރާއި، ކުޑަދޮރުތައް އެލްމިނިއަމް ދޮރާއި ދޮރުފަތްތަކަށް ބަދަލުކުރުން.
- ކޯޓްގެ ސީލިންގ ބަދަލުކުރުން.
ވީމާ، މަތީގައި ދެންނެވިފައިއެވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 08 އޭޕްރީލް 2018 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 އޭޕްރިލް 2018 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 އަށް އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށާއި ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެވާހަކަ ދެންނެވީމެވެ.
10 ރަޖަބް 1439
01 އޭޕްރީލް 2018