ދިވެހިރާއްޖެ
`
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ހއ.އުލިގަން،ދިވެހިރާއްޖެ
ނަމްބަރ: IUL) 245/245/2018/13)
އިޢުލާން
އަންދާސީ ހިސާބު ހޯދުން:
ހއ.އުލިގަމުގައި އަލަށް މީހުން އާބާދު ވަމުންދާ ސަރަހައްދުގެ މަގުތަކުގައި މަގުބައްތި ޖެހުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރ: IUL)245/245/2018/06) (މ27 ފެބުރުއަރީ 2018 ) އިއުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށެއެޅި ފަރާތްތަކުގެ ތެރެއިން އަންދާސީ ހިސާބް ކާމިޔާބްކުރިފަރާތުން އެމަސައްކަތް ދޫކޮށްލާފައިވާތީއާއި ދެން ހުށައަޅާފައިވާ އަންދާސީ ހިސާބްތަށް ބޮޑުކަމަށް ފެންނާތީ، މިކައުންސިލްގެ ނަންބަރ: IUL)245/245/2018/06) (މ27 ފެބުރުއަރީ 2018 ) އިއުލާން ބާތިލްކޮށް ތިރީގައިވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރަމެވެ.
- 4000 މީޓަރ ކޭބަލް (4 އެމް.އެމް 2 ކޯގެ ޑަބަލް އިންސްލޭޝަން)
- 300 މީޓަރ ކޭބަލް ( 2.5 އެމް.އެމް 2 ކޯގެ ސިންގަލް އިންސްލޭޝަން )
- 50 ލެޑް ސްޓްރީޓް ލައިޓް (50 ވޯޓް ހުދު އަލީގެ(
- 15 ޓައިމަރ ( AC 220V )
- 50 ބްރޭކަރ (B6)
- 15 ބްރޭކަރ (B10)
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 05 އޭޕްރީލް 2018 ވާ ބްރާސްފަތި ދުވަހުގެ ހެނދުނު 11:30 އަށް މިއިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 11 އޭޕްރީލް 2018 ވާ ބުދަ ދުވަހުގެ ހެނދުނު 11:30 އަށް މިއިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 11 އޭޕްރީލް 2018 ވާ ބުދަ ދުވަހުގެ ހެނދުނު 11:30 ގައި އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކާއި ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވާމީހާގެ އައިޑީ.ކާޑުގެ އަސްލާއެކު ސިޓީއެއް ހިފައިގެން ހާޟިރުވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
12 ރަޖަބް 1439
29 މާރިޗް 2018