ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)113-CCD/1/2018/31
ޕަބްލިޝްކުރި ތާރީޚް: 29 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 22:11
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޓްރާންސްޕޯރޓް އޮތޯރިޓީގެ އިޢުލާނުގައިވާ ގޮތަށް މިކުންފުނިން ޢަމަލުކުރުމަށް ނިންމާފައިވާތީ 2018 އޭޕްރިލް 01 ވާ (އާދީއްތަ) ދުވަހުން ފެށިގެން އަންނަނިވި ގޮތަށް ކާގޯ ކްލިއަރެންސްގެ މަސައްކަތްތަކަށް ބަދަލު ގެނައުމާއި ގުޅޭ.
2018 މާރިޗް 21 ވަނަ ދުވަހު ޓްރާންސްޕޯރޓް އޮތޯރިޓީގެ ނަންބަރ (IUL)202-L/1/2018/25 އިޢުލާނުގައިވާ ގޮތަށް މިކުންފުނިން ޢަމަލުކުރުމަށް ނިންމާފައިވާތީ 2018 އޭޕްރިލް 01 ވާ (އާދީއްތަ) ދުވަހުން ފެށިގެން އަންނަނިވި ގޮތަށް ކާގޯ ކްލިއަރެންސްގެ މަސައްކަތް ބައްޓަން ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
- ކަނޑުމަގުން ކްލިއަރކުރެވޭ މުދާ
ޑެލިވެރީ އޯޑަރ ނޯޓުކުރެވޭނީ ހެނދުނު 08:00 އިން ފެށިގެން މެންދުރު 13:00 އަށް
- މުދާ ކްލިއަރކުރެވޭނީ ހެނދުނު 11:00 އިން ފެށިގެން ރޭގަނޑު 21:00 އަށް
އެއްގަމުމަގުން ކްލިއަރކުރެވޭ މުދާ
- ޑެލިވެރީ އޯޑަރ ނޯޓުކުރެވޭނީ ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 23:00 އަށް
- ކޮންޓެއިނަރ މުދާ ކްލިއަރ ކުރުމަށްޓަކައި، ކޮންޓެއިނަރ ކެނޑުމުގެ މަސައްކަތް ފެއްޓޭނީ 20:00 ގައެވެ.
- ކޮންޓެއިނަރ މުދަލާއި ޕެރިޝަބަލް މުދާ ބަރުކުރުމަށް ލޮރީ، ޕިކަޕް ( ވެހިކަލް ) ސަރަހައްދަށް ވައްދަން ފައްޓާ ގަޑިއަކީ 21:00 އެވެ.
- މުދާ ކްލިއަރކޮށް ބަރުކުރެވޭ ލޮރީ ފަހަރުތައް މަގުމައްޗަށް ނުކުމެވޭނީ ރޭގަނޑު 22:00 އިން ފެށިގެން ހެދުނު 05:00 އަށް
ހުކުރު ދުވަހު ކްލިއަރ ކުރާ މުދާ
- ޑެލިވެރީ އޯޑަރ ނޯޓުކުރެވޭނީ ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 23:00 އަށް
- ދޯނިފަހަރަށް ބަރު ކުރާ މުދާ ބަރުކުރުމުގެ މަސައްކަތް ކުރިޔަށް ދާނީ ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 21:00 އަށެވެ.
- ކޮންޓެއިނަރ މުދާ ކްލިއަރ ކުރުމަށްޓަކައި، ކޮންޓެއިނަރ ކެނޑުމުގެ މަސައްކަތް ފެއްޓޭނީ 20:00 ގައެވެ.
- ކޮންޓެއިނަރ މުދަލާއި ޕެރިޝަބަލް މުދާ ބަރުކުރުމަށް ލޮރީ، ޕިކަޕް ( ވެހިކަލް ) ސަރަހައްދަށް ވައްދަން ފައްޓާ ގަޑިއަކީ 21:00 އެވެ.
- މުދާ ކްލިއަރކޮށް ބަރުކުރެވޭ ލޮރީ ފަހަރުތައް މަގުމައްޗަށް ނުކުމެވޭނީ ރޭގަނޑު 22:00 އިން ފެށިގެން ހެދުނު 05:00 އަށް
ވީމާ، ދެންނެވިފައިވާ ގަޑިތަކުގައި ޑެލިވެރީ އޯޑަރ ނޯޓުކުރުމަށް ސަމާލުކަން ދިނުމަށާއި، ގަޑި ފަހަނަޅާދާފަހުން ނޯޓުކުރުމުން ލިބޭ ގެއްލުމަކަށް މި ކުންފުނިން ޛިންމާ ނުނެގޭނެ ވާހަކަ ދެންނެވީމެވެ.
29 މާރިޗު 2018