ދިވެހިރާއްޖެ
އިޢުލާން
އެނިމޭޓެޑް ވީޑިއޯ ހަދަން ބޭނުންވެއްޖެ
ދިވެހިރާއްޖޭގެ ގޭބިސީގެ އާމްދާނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2016 "ހަޔަސް" ގައި ހޯދިފައިވާ މަޢުލޫމާތާއިމެދު ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މި މަޢުލޫމާތު ދައްކުވައިދޭ 2 އެނިމޭޓެޑް (އިންފޯގްރެފިކް) ވީޑިއޯއެއް ތައްޔާރު ކުރުމަށް ބޭނުން ވެއެވެ. މި ދެންނެވި 2 ވީޑިއޯގެ ސްޕެސިފިކޭޝަން، ވީޑިއޯތަކުގެ ތީމް، ޕޮއިންޓް ދޭނެ އުސޫލު، ހުށަހަޅަންޖެހޭ ތަކެތި އަދި ބިޑާއިބެހޭ އިތުރު މަޢުލޫމާތު (އާރ.އެފް.ޕީ) މިބިއުރޯގެ ވެބްސައިޓްގެ ތިރީގައި މިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.
http://www.statisticsmaldives.gov.mv/iulaan
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 އޭޕްރިލް 4 ވާ ބުދަ ދުވަހުގެ 10:30 އަށް މި ބިއުރޯ ހިނގަމުންދާ އިމާރާތް،ދާރުލް އީމާން (މާފަންނު މަދަރުސާގެ ހުޅަނގަށް) 8 ވަނަ ފަންގިފިލާއަށް ވަޑައިގެން އަގުހުށައެޅުއްވުން އެދެމެވެ.
މިކަމާއިގުޅޭގޮތުން އިތުރުމައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ނަންބަރު. 3008488 ފޯނާއި ގުޅުއްވުން އެދެމެވެ.