ދިވެހިރާއްޖެ
ހދ. ނޮޅިވަރަންފަރު" އެދުރުކަލޭފާނުމަގު" ގައި މިހާރުޖަހާފައިހުރި ބައްތިދަނޑިތައްނަގާ އެމަގުގައި ދެކަފިބައްތި ޖެހުމައްޓަކައި 20 ބައްތިދަނޑި ގަތުމަށް ބޭނުންވެއެވެ.
ވީމާ، މިއިދާރާއިންދޭ ނަމޫނާއާއި އެއްގޮތަށް ހުރި 20 ބައްތިދަނޑި މިއިދާރާއަށް ބިލްކުރާގޮތަށް ގެނެސްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 އޭޕްރީލް 19 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއިދާރާގެ ޖަލްސާކުރާ މާލަމަށްދުރުވެ މިކަމާއިބެހޭ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 އޭޕްރީލް 30 ވާ ހޯމަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅުއްވަން ވާނެއެވެ މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުވެ ނުލައްވާ ފަރާތްތަކުންނާއި ގަޑިޖެހިގެން ހާޟިރުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. މިމަސައްކަތާ ގުޅިގެން ހުށަހަޅުއްވާ އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދެވޭނެ އުޞޫލަކީ
- ހުށަހަޅާ އެންމެ ކުޑަ އަގަށް %80
- މުއްދަތަށް
- މަސައްކަތުގެ ތަޖުރިބާއަށް
މިހެންވެ މިކަން އާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.