ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120/1/2018/17
ޕަބްލިޝްކުރި ތާރީޚް: 29 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 08:38
ސުންގަޑި: 15 އޭޕްރިލް 2018 13:30
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2017 ވަނަ އަހަރުގެ އޮކްޓޫބަރު، ނޮވެންބަރު ގައި ބޭއްވި އެޑެކްސެލް އޭލެވެލް އާއި އެޗްއެސްސީ އިމްތިޙާނުގެ ސެޓްފިކެޓް ދޫކުރުން:

ނަންބަރު: IUL)120/1/2018/17 )

 

އިޢުލާން

2017 ވަނަ އަހަރުގެ އޮކްޓޫބަރު، ނޮވެންބަރު ގައި ބޭއްވި އެޑެކްސެލް އޭލެވެލް އާއި އެޗްއެސްސީ އިމްތިޙާނުގެ ސެޓްފިކެޓް ދޫކުރުން:

 

2017 ވަނަ އަހަރުގެ އޮކްޓޫބަރު، ނޮވެންބަރުގައި ބޭއްވި އެޑެކްސެލް އޭލެވެލް އާއި އެޗްއެސްސީ އިމްތިޙާނުގެ ސެޓްފިކެޓް 2018 އެޕްރީލް 01 ވަނަ ދުވަހުން ފެށިގެން 2018 އެޕްރީލް 15 ގެ ނިޔަލަށް މިޑިޕާޓްމަންޓުން ދޫކުރާނެއެވެ. ސެޓްފިކެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 0830 ން 1330އަށެވެ. ސެންޓަރުތަކުން ދޫކުރާ ދުވަހެއް ކަނޑައަޅާނީ އެސެންޓަރަކުންނެވެ.

މިޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ސެޓްފިކެޓް ނަގަން އަންނައިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެ މީހެއްގެ އައި.ޑީ.ކާޑާއި ކެންޑިޑޭޓުގެ އައި.ޑީކާޑު ގެންނަންވާނެއެވެ. ސެންޓަރުތަކުގެ ސެޓްފިކެޓްތައް ދޫކުރެވޭނީ ސެޓްފިކެޓްތަކާ ހަވާލުވާމީހާގެ އައި.ޑީ.ކާޑާއި ސެންޓަރުގެ ލިޔުމެއް ހުށައެޅުމުންނެވެ.

11 ރަޖަބު  1439

28 މާރިޗު 2018

29 މާރިޗު 2018