މުބާރާތް
ނަންބަރު: (IUL)242/242/2018/12
ޕަބްލިޝްކުރި ތާރީޚް: 28 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 08 އޭޕްރިލް 2018 14:00
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ލޯގޯ ތައްޔާރުކުރުން

 

ނަންބަރު: 242/242/2018/12(IUL)

އިޢުލާން

ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ލޯގޯ ތައްޔާރުކުރުން

ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ލޯގޯއެއް ފަރުމާކުރުމަށް މިއިދާރާއިން ކުރި ނަންބަރު 242/242/2017/33(IUL) (14 ނޮވެމްބަރ 2017) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ޕްރޮޕޯސަލްތައް ހުށަހަޅާފައި ނުވާތީ، ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް ބާޠިލްކޮށް އަލުން ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވުރިވާ ފަރާތްތަކަށް ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް ލޯގޯގެ ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން2018 އޭޕްރިލް 08 ވާ އާދިއްތަ ދުވަހުގެ 14:00ގެ ނިޔަލަށް ހުޅުވާލައިފީމެވެ.

ހުށަހަޅާ ލޯގޯތަކުގެ ތެރެއިން މިކައުންސިލުން  ބޭނުންކުރުމަށް ފާސްކުރާ ލޯގޯއެއް ހުށަހެޅި ފަރާތަކަށް -/5,000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.

ތީމް އަދި ކުލަ

  • ހުށަހަޅާ ލޯގޯގައި އަތޮޅުގެ މަސައްކަތްތެރިކަމާއި ތާރީޚާއި ޡަގާފަތް ރަމްޒުކޮށްދޭންވާނެއެވެ.
  • ކުލަ: ލޮގޯ ފަރުމާކުރެވިފައި ހުންނަންވާނީ ތިރީގައި މިދަންނަވާ ކުލަތަކުގައެވެ.
    • RGB 30 144 255
    • RGB 50 205 50

ހުށަހަޅަންޖެހޭ ތަކެތި:

  • ހުށަހަޅާ ފަރާތުގެ ފުރިހަމަ މަޢުލޫމާތާ ގުޅޭނެ ނަންބަރު އަދި ހުށަހަޅާ ލޯގޯ ކޮންސެޕްޓް އަދި އެހެނިހެން ފައިލްތައް ހިމެނޭ ޕްރޮޕޯޒަލް (PDF)
  • ލޯގޯ (PNG)
  • ލޯގޯގެ ކޮރަލްޑްރޯ ނުވަތަ ފޮޓޯޝޮޕް ފައިލް
  • ލެޓަރހެޑް ޑިޒައިން ލޯގޯ ބޭނުންކޮށްގެން
  • ބިޒްނަސް ކާޑު ލޯގޯ ބޭނުންކޮށްގެން
  • އޮފިޝަލް ފާސް ލޯގޯ ބޭނުންކޮށްގެން

ނޯޓް:

1-      ލެޓަރހެޑް ފިޔަވައި އެހެން ފައިލްތަކުގެ ސޮފްޓްކޮޕީ ހުށަހަޅަންވާނީ ކޮރަލް X15 ނުވަތަ ފޮޓޯޝޮޕް CS5 އަށް ވުރެ ފަހުގެ ވާރޝަންގައި އިމޭޖް ލޭޔަރސް ވަކިވަކިން ހުންނަ ގޮތަށެވެ.

2-      ލެޓަރހެޑް ހުށަހަޅަންވާނީ މައިކްރޯސޮފްޓް ވޯޑް 2010 އަށް ކޮމްޕެޓަބަލް ކޮށެވެ.

11 ރަޖަބް 1439

28 މާރިޗު 2018

 

 

 

މުޙައްމަދު ނާސިހް ރަޝީދު

ކައުންސިލްގެ ރައީސް

 

28 މާރިޗު 2018