މަސައްކަތް
ނަންބަރު: (IUL) 13-K/13/2017/66
ޕަބްލިޝްކުރި ތާރީޚް: 28 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 10:53
ސުންގަޑި: 29 އޭޕްރިލް 2018 13:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
45 ރަށެއްގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އިސްލާޙުކުރެވިފައި

 

1. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެދިލުއްވުމުގެ މަތިން ގްރީން ކްލައިމެޓް ފަންޑުން (ޖީ.ސީ.އެފް) އިން ދިވެހި ސަރުކާރަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން ތިރީގައި މިވާ ރަށްތަކަށް ފެނުގެ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

2. ވީމާ، ތިރީގައި މިވާ މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ޕްރޮޖެކްޓް ނަންބަރު

ޕްރޮޖެކްޓް ނަން

ޕްރޮޖެކްޓް ބިޑް ސެކިއުރިޓީ (ޔޫ.އެސް ޑޮލަރު)

 

 

TES/2018/W-022

10 ރަށުގައި (ހއ.ފިއްލަދޫ، ހއ.މާރަންދޫ، ހއ.މުރައުދޫ، ހއ.އުލިގަމު، ހއ.އުތީމު، ހއ.މޮޅަދޫ، ހދ.ފިނޭ، ހދ.ހިރިމަރަދޫ، ހދ.ކުރިނބީ، ހދ.ނޭކުރެންދޫ) ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް

 

 

13,000.00

 

 

 

TES/2018/W-021

10 ރަށުގައި (ށ.ނޫމަރާ، ށ.ބިލެއްފަހި، ށ.ފޭދޫ، ށ.ފީވައް، ށ.ނަރުދޫ، ށ.ޅައިމަގު، ށ.ފުނަދޫ، ނ.ހެންބަދޫ، ނ.ޅޯހި، ނ.މަގޫދޫ) ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް

 

 

13,000.00

 

 

TES/2018/W-020

8 ރަށުގައި (އއ.މަތިވެރި، އއ.ބޮޑުފުޅަދޫ، އއ.ހިމަންދޫ، އއ.ދިއްގަރު، އއ.ކުންބުރުދޫ، ދ.މީދޫ، ދ.ބަނޑިދޫ، ދ.ހުޅުދެލި) ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް

 

 

11,000.00

 

 

TES/2018/W-019

9 ރަށުގައި (މ.ރަތްމަންދޫ، މ.ވޭވަށް، މ.ނާލާފުށި، ތ.ކަނޑޫދޫ، ތ.ވަންދޫ، ތ.އޮމަދޫ، ތ.ދިޔަމިގިލި، ތ.ގާދިއްފުށި، ތ.ކިނބިދޫ) ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް

 

 

12,000.00

 

 

TES/2018/W-018

8 ރަށުގައި (ގއ.މާމެންދޫ، ގއ.ނިލަންދޫ، ގއ.ކޮންޑޭ، ގދ.ފިޔޯރީ، ގދ.ފަރެސްމާތޮޑާ، ގދ.ރަތަފަންދޫ، ގދ.ނަޑައްލާ، ގދ.ހޯޑެއްދޫ) ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް

 

 

11,000.00

3. މި މަސައްކަތްތަކުގެ ތެރޭގައި ވާރޭފެން ނަގާ ކޮންވޭޔަންސް ޕައިޕް އެޅުމާއި، ވާރޭފެން ރައްކާކުރާ ޓޭންކާއި، އަލްޓްރާފިލްޓްރޭޝަން ޔުނިޓާއި، ޓްރީޓަޑް ވޯޓަރ ޓޭންކް ޤާއިމްކުރުމުގެ މަސައްކަތެވެ.

4. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުޞޫލުގެ މަތިން، ދިވެހިރާއްޖޭގެ ދައުލަތުގެ މާލިއްޔަތު ޤަވާއިދުގައިވާ ގޮތުގެ މަތިން "ސިންގަލް ސްޓޭޖް ޑުއަލް އެންވެލޯޕް" ބިޑިންގ ޕްރޮސެސްގެ ދަށުންނެވެ.

5. ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 26 މާރިޗު 2018 އިން 29 އޭޕްރީލް 2018 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 08.30 އިން 12:00 އަށް މި މިނިސްޓްރީންނެވެ. މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

6. މި މަޝްރޫޢުގެ ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

7. މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 19 އޭޕްރީލް 2018 ވާ ބުރާސްފަތި ދުވަހުގެ 1400 ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

8. މި ބީލަމުގެ މުއްދަތަކީ ބީލަން ހުޅުވާ ދުވަހުން ފެށިގެން 120 ދުވަހެވެ. ބީލަން ހުޅުވުން އޮންނާނީ 30 އޭޕްރީލް 2018 ވާ ހޯމަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނޭޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނޭޝަނަލް ޓެންޑަރ

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ،ދިވެހިރާއްޖެ

ފޯން: 3349106 960+/ 3349104 960+/ 3349191 960+ /3349115 960+

އީމެއިލް: [email protected]، [email protected]

ކޮޕީ:[email protected]

28 މާރިޗު 2018