ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)301-PN/301/2018/21
ޕަބްލިޝްކުރި ތާރީޚް: 27 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 09:12
ސުންގަޑި: 09 އޭޕްރިލް 2018 13:30
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޮލީ ކޯޓާއި ބަށި ކޯޓް އަދި އިންޖީނުގެ އެޅުމަށްޓަކައި ނަގަންޖެހޭ ރުއްގަސްތަކުގެ ބަދަލު ހަމަޖެއްސުން:

އިޢްލާނު

 

ވޮލީ ކޯޓާއި ބަށި ކޯޓް އަދި އިންޖީނުގެ އެޅުމަށްޓަކައި ނަގަންޖެހޭ ރުއްގަސްތަކުގެ ބަދަލު ހަމަޖެއްސުން:

 

ވޮލީ ކޯޓާއި ބަށި ކޯޓް އަދި އިންޖީނުގެ ރީލޯކޭޓް ކުރުމަށް ބޭނުންވާ ބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.  މިސަރަޙައްދުގައިވާ ރުއްތަކުގައި ވާނީ ނަންބަރު ޖަހާފައެވެ.  މިސަރަޙައްދުގައި ތަރައްޤީ ކުރުމަށް ދެންނެވިފައިވާ ތަންތަނުގެ މަސައްކަތް ފެށުމަށް ދަތި ނުވާނެ ގޮތަކަށް އެސަރަޙައްދުގައި ހުރި ރުއްގަހުގެ ވެރިއަކު ވާނަމަ ޢަމަލުކޮށް ދެއްވުމަށް އިލްތިމާސް ކުރަމެވެ. މިއިޢްލާނުގެ މުއްދަތު ހަމަވާއިރު، މިލްކު ސާބިތުކުރި ފަތް ނުވަތަ ވެރިފަރާތް އެނގޭނެ ލިޔުން ހުށަ ނާޅައި ރުއްގަސްތައް ހުރިނަމަ  އިތުރު ފުރުސަތެއް ނުދީ އެތަކެތި ނައްތާލެވޭނެ ކަމުގައި ދަންނަވަމެވެ. 

ވޮލީ ކޯޓާއި ބަށި ކޯޓް އެޅުމަށް ހަމަޖެހިފައިވަނީ ސްޕޯޓްސް އެރީނާގެ ވަށާފާރުގެ އެތެރެ ސަރަޙައްދުގައެވެ. މިސަރަޙައްދުގައިވާ ރުއްގަހުގައި 01 އިން ފެށިގެން 35 އަށް ނަންބަރު ޖަހާފައިވާނެއެވެ. މީގެ ތެރޭގައި ބޮޑަތި ރުކާއި ކަނދުބުޑުލީ ރުކާއި މިދިލިގަހެއް ހިމެނެއެވެ.

އިންޖީނުގެ ރީލޮކެޓް ކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދަކީ ދިރާގު ހަޓްގެ އިރުމަތި އިންފާރުން ފެށިގެން އުދަރެސް ގެ އާއި ދިމާލަށް ވާގޮތަށް އަތިރިމައްޗަށް ފައިބަން އޮންނަ މަގާއި ދެމެދު ޒިޔާރަތްމަގު (ކުދިންކޮށިމަގު) ގެ އުތުރު (ގޮނޑުދޮށު ހޭޅިޔާ ހަމައަށް) ސަރަޙައްދެވެ. މިސަރަޙައްދުގައިވާ ރުއްގަހުގައި 1 އިން 53 އަށް ނަންބަރު ޖަހާފައިވާނެއެވެ.

 

ވީމާ، މިރުއްތަކާއި ގަސްތަކުގެ ވެރިން އެ ރުއްގަހުގައި ޖަހާފައިވާ ނަންބަރާއި މިލްކު ސާބިތުކުރިކުރި ފަތުގެ އަޞްލާއިއެކު 09 އެޕްރީލް 2018 ދުވަހުގެ 1:30 ގެ ކުރިން ހުށަހެޅމަށް ދަންނަވަމެވެ.

މިކަމާގުޅޭ ގޮތުން އިތުރަށް ސާފުކުރުމަށް ބޭނުންވާ މަޢްލޫމާތެއްވާނަމަ ރައީސް ޤާސިމް ޙުސައިން       ( މޮބައިލް ނަންބަރު: 7750001 ) އާއި ބައްދަލު ކުރެއްވުން އެދެމެވެ.

10 ރަޖަބު        1438 

27 މާރިޗު 2018