ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)138-AS4/1/2018/80
ޕަބްލިޝްކުރި ތާރީޚް: 27 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 19:53
ސުންގަޑި: 04 އޭޕްރިލް 2018 12:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

މަޤާމް :އެސިސްޓެންޓް ޑިރެކްޓަރ
ބޭނުންވާ އަދަދު :1

އިޢުލާން   

ވަޒީފާގެ ފުރުޞަތު

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-266925

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

ޑިޕާޓްމަންޓް / ސެކްޝަން:

ކޯޕަރޭޓް މެނޭޖްމަންޓް ޑިޕާޓްމަންޓް / ޕްރޮކިއުމަންޓް ސެކްޝަން

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ)

މުސާރަ:

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

އަސާސީ މުސާރައިގެ %35 (މަހަކު)

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޕްރޮކިއުމަންޓް ސެކްޝަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަސައްކަތް ޙަވާލުކުރުމާއި މި މުވައްޒަފުންނަށް ޙަވާލުކުރެވޭ މަސައްކަތް ކުރިއަށްދާ ގޮތް ދުވަހުން ދުވަހަށް ވިލަރެސްކުރުން.
  2. ސެކްޝަނުގެ މަސައްކަތް ކުރިއަށް ދިޔަ ގޮތުގެ ރިޕޯޓް ކޮންމެ މަހެއް ނިމުމުން ކޯޕަރޭޓް ޑިޕާޓްމެންޓްގެ ވެރިޔާގެ އިތުރުން ޕަރމަނަންޓް ސެކްރެޓަރީ އަށް ހުށަހެޅުމުގެގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުން.
  3. އޮފީހަށް ބޭނުންވާ މުދާ ނަގަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށްތޯ ބަލައި ނަގާ މުދަލާ ބެހޭ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބަލަހައްޓަމުންދޭތޯ ބެލުން.
  4. ބިލްތަކަށް ފައިސާ ދައްކައި ނިމެންދެން އެކަން ހިނގަމުންދާ ގޮތްބަލާ މޮނިޓަރކުރުމާއި ފައިސާ ނުދައްކާ ގިނަ ދުވަސްވާ ބިލްތަކާ ބެހޭ ގޮތުން، ހުށަހަޅާ މައްސަލަތައް ބަލާ އެފަރާތައް ޖަވާބުދިނުން.
  5. ކޮންމެ މަހެއް ނިމުމުން، ޚިދުމަތް ހޯދާފައިވާ ތަންތަނުން ބިލްއައިތޯ ކަށަވަރު ކުރުމާއި ބިލް ނުލިބޭކަމުގައިވާނަމަ، އެބިލްތައް އެފަރާތްތަކުން ގެނައުމަށްފަހު، ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުން.
  6. އޭ.ޓީ.ސީ މެނޭޖްމަންޓް ޔުނިޓް، ޕޭމަންޓް ޔުނިޓް، ޕަރޗޭސިންގ ޔުނިޓް އަދި ފެސިލިޓީސް މެއިންޓަނަންސް ޔުނިޓުގެ މަސައްކަތްތައް ދުވަހުން ދުވަހަށް ބަލައި ވިލަރެސްކުރުން.
  7. މިނިސްޓްރީގެ ޑިޕާޓްމެންޓް / ސެކްޝަންތަކުން ހުށަހަޅާ މެއިންޓެނެންސް އަދި ރިނޮވޭޝަންގެ މަސައްކަތްތައް ހިނގާނުހިނގާ ގޮތް ދުވަހުން ދުވަހަށް ބެލުން.
  8. އިޢުލާންކުރަންޖެހޭ މަސައްކަތްތަކަށް އިޢުލާންކުރުމާއި، މަޢުލޫމާތު ދިނުމާއި ބިޑްތައް ބަލައިގަންނާނެ އިންތިޒާމް ހަމަޖެއްސުން.
  9. މަސައްކަތް ޙަވާލުކުރުމަށް ހަދާ އެގްރީމެންޓްތައް ދުވަހުން ދުވަހަށް ބެލުމާއި، އޮފީހުގެ މަސައްކަތްތަކަށް ދަތިނުވާނޭހެން އަވަސް މިނުގައި މަސައްކަތްކޮށް ނިންމުން.
  10. އޭ.ޓީ.ސީ ކޮމިޓީގެ މަސައްކަތް ކުރިއަށްގެންދިޔުން.
  11. މިނިސްޓްރީން ކުރާ ހުރިހާ ބިޑެއް ކުރަނީ މާލިއްޔަތު ގަވާއިދާއި އެކަމަށް ކަނޑައެޅިފައިވާ އުޞޫލްތަކާއި އެއްގޮތަށްތޯ ބެލުން އަދި ކޮމިޓީއަށް އެޖެންޑާ ކުރެވޭ ބިޑްތަކާ ބެހޭ ލިޔެކިޔުންތައް ތައްޔާރުކުރެވުނުތޯ ބެލުން.
  12. ކޮމިޓީއަށް ހުށަހަޅާ ބިޑްތަކުގެ ލިޔެކިޔުންތައް ހަމައަށް ހުރިތޯ ޗެކްކުރުމާއި، ކަނޑައެޅިފައިވާ ދުވަހަށް ބައްދަލުވުން ބޭއްވުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  13. ކޮމިޓީއިން ނިންމާ ނިންމުންތައް، ކަމާ ބެހޭ ޑިޕާޓްމެންޓް / ސެކްޝަންތަކަށް، އެނިންމުން ނިންމާތާ، އެ ކަނޑައެޅިފައިވާ ވަގުތެއްގެ ތެރޭގައި ލިޔުމުން ފޮނުވޭނެ އިންތިޒާމް ހަމަޖައްސާ ވިލަރެސްކުރުން.
  14. މިނިސްޓްރީގެ ބައްދަލުވުންތަކަށް ގަވާއިދުން ހާޒިރުވުން.
  15. ކޯޕަރޭޓް މެނޭޖްމަންޓް ޑިޕާޓްމެންޓްގެ ދަށުން އަންނަ ސެކްޝަންތަކުގައި އެންމެ އިސްކޮށް ހުންނަ ފަރާތް ސަލާމް/އާއިލީ ޒިންމާ/ޗުއްޓީ ނެގުމުން ހަމަޖެހިފައިވާ އުޞޫލުގެ ދަށުން މަސައްކަތާއި ޙަވާލުވުން.
  16. ޑެއިލީ ވޯކް ލޮގް ޝީޓް ފޮނުވަންޖެހޭ ފަރާތްތަކަށް ގަވާޢިދުން ފޮނުވުން.
  17. ކޮންމެ އަހަރެއް ފެށުމުން މުވައްޒަފުންގެ މަސައްކަތު ފެންވަރުބެލުމުގެ ޓާގެޓްތައް ކަނޑައެޅުމާއި އަހަރުގެ މެދުތެރެއިން މިޑް ރިވިއު ހެދުމާއި އަހަރު ނިމުމުން މާކްސް ދީ ފޯމް ފުރިހަމަކުރުން.

މަޤާމުގެ ޝަރުޠުތައް:

1. ޕްރޮކިއުމަންޓް / ފައިނޭންސް / އެޑްމިނިސްޓްރޭޝަން / އިންފޮމޭޝަން ޓެކްނޮލޮޖީ / މެނޭޖްމަންޓް ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު، ޕްރޮކިއުމަންޓް / ފައިނޭންސް / އެޑްމިނިސްޓްރޭޝަން / އިންފޮމޭޝަން ޓެކްނޮލޮޖީ / މެނޭޖްމަންޓް ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. ޕްރޮކިއުމަންޓް / ފައިނޭންސް / އެޑްމިނިސްޓްރޭޝަން / އިންފޮމޭޝަން ޓެކްނޮލޮޖީ / މެނޭޖްމަންޓް ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު، ޕްރޮކިއުމަންޓް / ފައިނޭންސް / އެޑްމިނިސްޓްރޭޝަން / އިންފޮމޭޝަން ޓެކްނޮލޮޖީ / މެނޭޖްމަންޓް ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3. ޕްރޮކިއުމަންޓް / ފައިނޭންސް / އެޑްމިނިސްޓްރޭޝަން / އިންފޮމޭޝަން ޓެކްނޮލޮޖީ / މެނޭޖްމަންޓް ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީން.
  2. މަސައްކަތުގެ ތަޖުރިބާ.
  3. އިންޓަވިއު.
  4. ވަޒީފާއާބެހޭ ޤާނޫނޫ، ސިވިލް ސަރވިސް ޤާނޫނު، ސިވިލް ސަރވިސް ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.
  5. ވިސްނުންތޫނުކަމާއި ޕްރެޝަރގައި މަސައްކަތް ކުރުމުގެ ހުނަރު ހުރުން.
  6. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު.

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ).

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް ނުވަތަ ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ www.housing.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 އެޕްރީލް 04 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގެ ކައުންޓަރަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2018 އެޕްރީލް މަހުގެ ތާރީޚެއްގައި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 (ދިހައެއް) އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

%30 (ތިރީސް އިންސައްތަ)       

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3004193 ނަންބަރު ފޯނަށް ނުވަތަ 3004379 ނަންބަރު ފޯނާއެވެ.

10 ރަޖަބު 1439

27 މާރިޗު 2018

27 މާރިޗު 2018