ދިވެހިރާއްޖެ
މި މިނިސްޓްރީއަށް މާލެ ހުޅަނގު ދެކުނުގައި ތަރައްޤީކޮށްފައިވާ 960 އަކަފޫޓުގެ ފުޑްކޯޓު 05 އަހަރު ދުވަހުގެ މުއްދަތަށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)138-AS6/1/2018/63 (15 މާރިޗު 2018) އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.
ޙަވާލާދީފައިވާ އިޢުލާނުގައި އަގު ހުށަހެޅުއްވުމަށް ދީފައިވާ ތާރީޚް 2018 އެޕްރީލު 01 ވާ އާދީއްތަ ދުވަހުގެ 10:00 އަށް އިތުރުކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ވީމާ، މިކަމަށް ޝައުވެރިވެލައްވާ ފަރާތްތަކުން 2018 އެޕްރީލު 01 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.