ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)113-HR/1/2018/30
ޕަބްލިޝްކުރި ތާރީޚް: 27 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 17:27
ސުންގަޑި: 02 އޭޕްރިލް 2018 15:30
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ކެޕްޓަން (ލޭންޑިންގ ކްރާފްޓް)
ބޭނުންވާ އަދަދު :1

މުސާރަ:

މަހަކު -/5780 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/4624 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

5،000ރ - 6،500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

- ގްރޭޑް 8 ގެ ފެންވަރު ހުރުން ނުވަތަ ދިވެހި އަދި އިނގިރޭސި ބަހުން ލިޔެ ކިޔަން އެގުން.

ކޯސްޓަލް ނެވިގޭޝަން (ކްލާސް 5)ގެ އެންޑޯޒް ކޮށްފައިވާ ސެޓްފިކެޓް ލިބިފައިވުން.

ކަނޑުމަތީގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ކެޓަގަރީ A, B, C, D އޮތުން.

ޓްރާންސްޕޯޓް އޮތޯރިޓީ އިން ކަނޑައަޅާ ތަނަކުން ކުރޫ ކޯސް/ނިޔަމި ކޯސް ފުރިހަމަ ކޮށްފައިވުން

- ފަތަން އެނގޭ ފަރާތެއް ކަމުގައި ވުން.

ދަތުރު ކުރުމުގައި ގިނަވަގުތު އުޅެވޭ މީހެއް ކަމުގައިވުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- އައިލެންޑް ބިލްޑަރގެ އިސް މީހެއްގެ ގޮތުގެ ޒިންމާނަގައި، ކުންފުނިން އަންގާ ޝެޑިއުލާއި އެއްގޮތަށް ފަޅުވެރިންނާއި، މުދަލުގެ ސަލާމަތްތެރިކަމާއި އެކު ދަތުރުކުރުން.

- ދިވެހި ރާއްޖޭގެ ކަނޑުމަތީ އުޅަނދު ފަހަރަށް ހެދިފައިވާ ޤާނޫން އަދި ކުންފުނީގެ އުޞޫލު ތަކާއި އެއްގޮތުގެ މަތިން އައިލެންޑް ބިލްޑަރ ދުއްވުމާއި، މަސައްކަތުގައި އުޅޭ އިރު ރައްކާތެރިކަމާއި ފަރުވާތެރިކަމާއިއެކު ދުއްވުން. 

- އައިލެންޑް ބިލްޑަރ ސާފުތާޙިރުކޮށް ފަރުވާތެރިކަމާއި އެކު ބެލެހެއްޓުން.

- އައިލެންޑް ބިލްޑަރގައި ކުރެވޭ ހުރިހާ ދަތުރުތަކުގެ ލޮގް އެ ދަތުރެއް ނިމުމުން ލިޔެ، ލޮގްފޮތް ޤަވާއިދުން ބެލެހެއްޓުން.

- އައިލެންޑް ބިލްޑަރގެ ދަތުރުކުރުމުގެ ތެރޭގައި އާއި އަދި އެނޫންވެސް ގޮތަކުން އައިލެންޑް ބިލްޑަރަށް ދިމާވާ މައްސަލައެއް ނުވަތަ އެކްސިޑެންޓް ވަގުތުން ރިޕޯޓްކުރުން.

މަޤާމް :ޑްރައިވަރ (ލޭންޑިންގ ކްރާފްޓް)
ބޭނުންވާ އަދަދު :1

މުސާރަ:

މަހަކު -/4580 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3664 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

5،000ރ - 6،500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

- ގްރޭޑް 8ގެ ފެންވަރު ހުރުން ނުވަތަ ދިވެހި އަދި އިނގިރޭސި ބަހުން ލިޔެ ކިޔަން އެގުން.

ކޯސްޓަލް ނެވިގޭޝަން (ކްލާސް 5)ގެ އެންޑޯޒް ކޮށްފައިވާ ސެޓްފިކެޓް ލިބިފައިވުން.

ކަނޑުމަތީގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ކެޓަގަރީ A, B, C, D އޮތުން.

ޓްރާންސްޕޯޓް އޮތޯރިޓީ އިން ކަނޑައަޅާ ތަނަކުން ކުރޫ ކޯސް/ނިޔަމި ކޯސް ފުރިހަމަ ކޮށްފައިވުން.

- ފަތަން އެނގޭ ފަރާތެއް ކަމުގައި ވުން.

ދަތުރު ކުރުމުގައި ގިނަވަގުތު އުޅެވޭ މީހެއް ކަމުގައިވުން

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ކުންފުނިން އަންގާ ޝެޑިއުލާއި އެއްގޮތަށް ފަޅުވެރިންނާއި، މުދަލުގެ ސަލާމަތްތެރިކަމާއި އެކު ދަތުރުކުރުން.

- ދިވެހި ރާއްޖޭގެ ކަނޑުމަތީ އުޅަނދު ފަހަރަށް ހެދިފައިވާ ޤާނޫން އަދި ކުންފުނީގެ އުޞޫލު ތަކާއި އެއްގޮތުގެ މަތިން އައިލެންޑް ބިލްޑަރ ދުއްވުމާއި، މަސައްކަތުގައި އުޅޭ އިރު ރައްކާތެރިކަމާއި ފަރުވާތެރިކަމާއިއެކު ދުއްވުން.

- އައިލެންޑް ބިލްޑަރ ސާފުތާޙިރުކޮށް ފަރުވާތެރިކަމާއި އެކު ބެލެހެއްޓުން.

- އައިލެންޑް ބިލްޑަރގައި ކުރެވޭ ހުރިހާ ދަތުރުތަކުގެ ލޮގް އެ ދަތުރެއް ނިމުމުން ލިޔެ، ލޮގްފޮތް ޤަވާއިދުން ބެލެހެއްޓުން

- އައިލެންޑް ބިލްޑަރގެ ދަތުރުކުރުމުގެ ތެރޭގައި އާއި އަދި އެނޫންވެސް ގޮތަކުން އައިލެންޑް ބިލްޑަރަށް ދިމާވާ މައްސަލައެއް ނުވަތަ އެކްސިޑެންޓްތައް ވަގުތުން އައިލެންޑް ބިލްޑަރގެ ކެޕްޓަނަށް ރިޕޯޓް ކުރުން.

- އައިލެންޑް ބިލްޑަރގައި ހުންނަވާ ކެޕްޓަން އަންގާ ގޮތެއްގެ މަތިން މަސައްކަތް ކުރުން.

މަޤާމް :ޓެކްނިޝަން (ލޭންޑިންގ ކްރާފްޓް)
ބޭނުންވާ އަދަދު :1

މުސާރަ:

މަހަކު -/4580 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3664 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

5،000ރ - 6،500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

- ގްރޭޑް 8 ގެ ފެންވަރު ހުރުން ނުވަތަ ދިވެހި އަދި އިނގިރޭސި ބަހުން ލިޔެ ކިޔަން އެގުން.

- ފަތަން އެނގޭ ފަރާތެއް ކަމުގައި ވުން.

މަޤާމުގައި ކުރަންޖެހޭ މަސައްކަތާއި ގުޅޭ ދާއިރާއަކުން އެޑްވާންސް ލެވެލް ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ޚާޞިލް ކޮށްފައިވުން.

ނުވަތަ

މިދާއިރާގައި މަސައްކަތްކޮށް 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ދަތުރު ކުރުމުގައި ގިނަވަގުތު އުޅެވޭ މީހެއް ކަމުގައިވުން.

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

-އައިލެންޑް ބިލްޑަރ އިންޖީން ސާފުތާޙިރުކޮށް ފަރުވާތެރިކަމާއިއެކު ބެލެހެއްޓުން.

- އައިލެންޑް ބިލްޑަރގެ އިންޖީން، ޖެނެރޭޓަރ ރަނިންގ އަދި ޑީސަލް ލޮގްފޮތް ޤަވާއިދުން ބެލެހެއްޓުން.

- އައިލެންޑް ބިލްޑަރ ކުރާ ދަތުރުތަކުގަ އާއި އަދި އިންޖީނު ހިނގާ ވަގުތުތަކުގަ ކަނޑައެޅިފައިވާ ޝެޑިއުލް އާއި އެއްގޮތަށް އިންޖީނު ރޫމްގައި ޑިއުޓީ ކުރުން.

- ދުވަހުން ދުވަހަށް އިންޖީނު އަދި ޖެނަރޭޓަރު ޗެކްކުރުން.

- އިންޖީންގެ އަދި ޖެނަރޭޓަރގެ ކުރަންޖެހޭ ރިޕެޔަރގެ މަސައްކަތް ކުރުން.

- އައިލެންޑް ބިލްޑަރގެ ދަތުރުކުރުމުގެ ތެރޭގައި އާއި އަދި އެނޫންވެސް ގޮތަކުން އައިލެންޑް ބިލްޑަރ އަށް ދިމާވާ މައްސަލައެއް ނުވަތަ އެކްސިޑެންޓް ވަގުތުން ކެޕްޓަން އަށް ރިޕޯޓްކުރުން. 

މަޤާމް :ޑެކްހޭންޑް (ލޭންޑިންގ ކްރާފްޓް)
ބޭނުންވާ އަދަދު :4

މުސާރަ:

މަހަކު -/3840 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3072 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

5،000ރ - 6،500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

- ގްރޭޑް 8 ގެ ފެންވަރު ހުރުން ނުވަތަ ދިވެހި އަދި އިނގިރޭސި ބަހުން ލިޔެ ކިޔަން އެގުން.

ނުވަތަ

- މިފަދަ މަޤާމެއްގައި 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން

- ބުރަ މަސައްކަތް ކުރެވޭފަދަ ސިއްޚަތު ރަނގަޅު މީހެއް ކަމުގައިވުން.

- ކަނޑުމަތީ ގިނަ  ވަގުތު މަސައްކަތުގައި އުޅެވޭނެފަދަ މީހެއް ކަމުގައި ވުން.

- ފަތަން އެނގޭ ފަރާތެއް ކަމުގައި ވުން.

- ދަތުރު ކުރުމުގައި ގިނަވަގުތު އުޅެވޭ މީހެއް ކަމުގައިވުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- އައިލެންޑް ބިލްޑަރ ކަނޑުމަތީގައި ދުއްވާއިރު އާއި ބަނދަރުގައި އޮންނައިރު ރަގަޅަށް ބެލެހެއްޓުން.

- އައިލެންޑް ބިލްޑަރ ގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ކެޕްޓަން އަންގާ ގޮތެއްގެ މަތިން ކުރުން.

- އައިލެންޑް ބިލްޑަރ އަށް އަރުވާ މުދަލާއި ތަކެތި ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކެޕްޓަން އަންގާ ގޮތެއްގެ މަތިން ކުރުން.

- އައިލެންޑް ބިލްޑަރގެ ދަތުރުގައާއި އަދި ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ޝެޑިއުލްއާއި އެއްގޮތަށް ކެޕްޓަން އަންގާ ގޮތެއްގެ މަތިން ޑިއުޓީކުރުން.

- އައިލެންޑް ބިލްޑަރ ސާފުކޮށް ރަނގަޅަށް ބެލެހެއްޓުން.

 

މަސައްކަތްކުރަންޖެހޭ ވަގުތު:

ދަންފަޅި އުޞޫލުން (ދުވާލަކު 08 ގަޑިއިރު) 

މަސައްކަތް ކުރަންޖެހޭ ތަން:

ލޮޖިސްޓިކްސް ޑިޕާޓްމަންޓް (އައިލެންޑް ބިލްޑަރ) / މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ސުންގަޑި:

 02 އޭޕްރީލް 2018 ވާ ހޯމަ ދުވަހުގެ 15:30ގެ ކުރިން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

މަޤާމަށް އެދި ހުށަހަޅާ ފޯމު

ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

ޕޮލިސް ރިކޯޑް ފޯރމް (01 މަސް ހަމަނުވާ)

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް އެދޭ ފޯމު މި ކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި  ކުންފުނީގެ ވެބްސައިޓް www.port.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.                                        އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

* ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމުގައި 05 އަހަރު ތެރޭ އެއްވެސް ކުށުގެ ރިކޯޑެއް ނެތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

10 ރަޖަބު 1439

27 މާރިޗު 2018