ޢާންމު މަޢުލޫމާތު
ނަންބަރު: ADMHR-MPL/2018/74
ޕަބްލިޝްކުރި ތާރީޚް: 27 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 15:40
ސުންގަޑި: 04 އޭޕްރިލް 2018 00:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ގުދަނެއްކުއްޔަށް ހިފުމާއިބެހޭ

އިޢްލާން

ގުދަނެއްކުއްޔަށް ހިފުމާއިބެހޭ

 

        މިކުންފުނީގެ ބޭނުމަކަށް 750 -1000 އަކަފޫޓާއި ދޭތެރޭގެ ބޮޑުމިނުގެ ގުދަނެއްގެ ގޮތުގައި ބޭނުންކުރެވޭގޮތަށް ހަދާފައިވާ ތަނެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ މިފަދަތަނެއް ކުއްޔަށް ދޫކުރެއްވުމަށް ބޭނުންފުޅުވާފަރާތްތަކުން 04 އޭޕްރިލް 2018 ބުދަ ދުވަހުގެ 14:00އަށް މިކުންފުނީގެ 05 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި 04 އޭޕްރިލް 2018ވަނަ ދުވަހުގެ 14:00ގެ ފަހުން އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ.

 

ޢިމާރާތް ހޯދަން ބޭނުންވާ ރަށް:

ކ.މާލެ

 

ހުށަހަޅުއްވާ ޕްރޮޕޯސަލްގައި ތިރީގައިވާ ކަންކަން ހިމެނުން

  • ގުދަނުގެ ބޮޑުމިން
  • ޢިމާރާތުގެ ރަޖިސްޓްރީ ކޮޕީ
  • ޢިމާރާތް ހުރި ސަރަހައްދު
  • ޢިމާރާތުގެ ކުލި
  • ޢިމާރާތް ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތު
  • ޢިމާރާތުގެ ކަރަންޓާއި ފެންވަކިކޮށްފައި ހުރުން
  • ޢިމާރާތުގެ ސަލާމަތީ ފެންވަރު
  • ޢިމާރާތުގެ ރަޖިސްޓްރީ ކޮޕީ
  • ޢިމާރާތް ކުއްޔަށް ދިނުމަށް ހުށަހަޅާ ފަރާތާ ޢިމާރާތާ ހުރި ގުޅުން
  • ޢިމާރާތާގެ އެތެރެއާއި ބޭރުގެ ފޮޓޯ އަދި ޢިމާރާތުގެ މިންތައް އެގޭ ކުރެހުމެއް ހުށަހެޅުން
  • ކުއްޔަށް ދޭ ފަރާތުގެ އައިޑީ ކޮޕީ

 

ހުށަހެޅޭ ޕްރޮޕޯރސަލްއަށް ޕޮއިންޓް ދެވޭނެގޮތް ތިރީގައި އެވަނީއެވެ.

  • އަގު: %50
  • ކުއްޔަށްދޭ މުއްދަތު:%20

ސެކިއުރިޓީ ގޮތުން ވަރުގަދަ ޢިމާރާތެއްނަމަ: %30 

27 މާރިޗު 2018