ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 222-AH/INDIV/2018/5
ޕަބްލިޝްކުރި ތާރީޚް: 27 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 11:13
ސުންގަޑި: 08 އޭޕްރިލް 2018 13:50
ޑިޕާޓްމަންޓް އޮފް ހެރިޓޭޖް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - ކޮންސަރވޭޝަން އޮފިސަރ މަޤާމް

މަޤާމް :ކޮންސަރވޭޝަން އޮފިސަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

މި ޑިޕާޓްމަންޓްގެ ތިރީގައި މިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

މަޤާމް:

ކޮންސަރވޭޝަން އޮފިސަރ

މަޤާމްގެ ނަމްބަރު:

J-291335

ބޭނުންވާ އަދަދު:

01

މަޤާމްގެ ގިންތި:

ދާއިމީ

މަޤާމްގެ ރޭންކް:

އެމް.އެސް 1

މަޤާމްގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން/ ޔުނިޓް:

ހެރިޓޭޖް / ހެރިޓޭޖް މެނޭޖްމަންޓް

މަޤާމް އޮތް އޮފީސް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް

އަދާކުރަންޖެހޭ ވަޒީފާ ތަން/ރަށް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް ، މާލެ

މުސާރަ:

މަހަކު -/5,610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

ރަސްމީ މަސައްކަތު ގަޑި:

8:00 އިން 14:00 އަށް

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. މި މަޤާމަށް އެއްވެސް އިނާޔަތެއް ނުވަތަ އިނާޔަތްތަކެއް ދޭން ނިންމަވައިފިނަމަ އެފަދަ އިނާޔަތެއް ނުވަތަ އިނާޔަތްތަކެއް.

 

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. އާސާރީ ސަރަހައްދުތަކާއި، އާސާރީ މިސްކިތްތައް ފަދަ ތަންތަނުގެ އާބާތުރަފިލުވުމުގެ މަސައްކަތް ކުރުމާއި މި ތަންތަން ގިނަ ދުވަހަށް ދެމިހުންނާނެ ގޮތުގެ މަސައްކަތްތައް ކުރުން.
  2. އާސާރީ ތަންތަން އާބާތުރަފިލުވަމުންދާ ގޮތުގެ ތަފްޞީލު ބެލެހެއްޓުމަށް  ކުރަންޖެހޭ ހުރިހާ ކަމެއް ކުރުން.
  3. ސައިޓްތަކާއި، އިމާރާތްތަކާއި ބިނާތަކާއި ތަކެތި (އުފުލޭ އަދި ނުއުފުލޭ) ސަރވޭކޮށް، އިންތަކާއި މިންތައް ނަގައި ތަކެއްޗާއި ތަނުގެ މައުލޫމާތު ރެކޯޑްކުރުން.
  4. އެފަދަ ތަންތަނަށާއި ތަކެއްޗަށާއި އެ ސަރަހައްދަކަށް އަންނަ ބަދަލުތައް ރެކޯޑްކުރުން.
  5. ސަގާފީ ފަތުރުވެރިކަން ތަޢާރަފުކުރުމަށް އާސާރީ ސަރަޙައްދުތައް  ތަރައްޤީކުރުމަށް ހިނގާ މަޝްރޫޢުތައް ހިނގުމުގައި ފަންނީ އެހީތެރިކަމާއި އަމަލީ ގޮތުން ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
  6. ރާއްޖޭގެ ތަރިކައާ ގުޅިގެން ތައްޔާރުކުރަންޖެހޭ އިމާރާތްތަކުގެ މަސައްކަތްތަކަށް ބޭނުންވާ ކުރެހުންތައް ތައްޔާރުކޮށް އިމާރާތްކުރުމުގައި ހަރަކާތްތެރިވާ ޓެކްނިކަލް ޓީމަށް ބެނުންވާ މައުލޫމާތާއި ލަފާ ދިނުން.
  7. ދިވެހިރާއްޖޭގައި ހުރި އާސާރީ ސައިޓްތައް ހޯދައި މިހާރު ހުރި ސައިޓްތަކުގެ މަސައްކަތްތައް ކުރުމަށްޓަކައި ޕްރޮޖެކްޓް ޓީމާއެކު މަސައްކަތްކުރުން.
  8. އަމިއްލަ ފަރާތްތަކުން އިސްނަގައިގެން އުފައްދާ ދާރުލްއާސާރުތަކާއި، އާސާރީ ތަރިކަ ހުންނަ ސަރަޙައްދު ފަދަ ތަންތަން ބަލެހެއްޓުން ފަދަ ތަރިކަ ހިމާޔަތްކޮށް، ރައްކާކޮށް، ތަރައްޤީކުރުމަށް ކުރާ މި ފަދަ މަސައްކަތްތަކަށް ކުރުމުގެ މަގުފަހިކޮށްދިނުމަށް ފަންނީ ލަފަޔާއި އެހީތެރިކަން ފޯރިކޮށްދިނުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރުން.
  9. އާބާތުރަފިލުމުގެ މަސައްކަތަށް މީހުން އަހުލުވެރިކުމުގެ ޕްރޮގްރާމްތައް ހިންގައި އެކަމުގެ މަޢުލޫމާތު އެކުލެވޭ ލިޔުންތައް ޝާއިޢު ކުރުން.
  10. ބޭރުގެ ފަރާތްތަކާ ގުޅިގެން ހިންގޭ އާބާތުރަފިލުވުމުގެ މަސައްކަތްތައް ހިންގައި އެކަމުގެ މަޢުލޫމާތު އެކުލެވޭ ލިޔުންތައް ޝާއިޢު ކުރުން.
  11. ޢާންމުން ހޭލުންތެރިކުރުވުމަށް އާސާރީ ސައިޓްތަކުގެ ރިސަރޗްއާ ބެހޭގޮތުން އާޓިކަލްސް ތައްޔާރުކޮށް ޝާއިޢުކުރުން.
  12. ސަގާފީ ތަރިކައިގެ ގޮތުގައި ފާހަގަކުރެވޭ ސަރަޙައްދުތަކަށް ދިމާވާ ކުއްލި މައްސަލަތައް ޙައްލުކޮށްދިނުން.
  13. ތަޢުލީމީ މަންހަޖުގެ ތެރެއަށް ތަރިކައިގެ މަޢުލޫމާތު ވެއްދުމުގެ މަސައްކަތުގައި އެހީތެރިވުން.
  14. އާބާތުރަފިލުވާ ސަރަޙައްދުތައް މޮނިޓަރކުރުމާއި ޙިމާޔަތްކުރުމަށް ތައްޔާރުކުރަންޖެހޭ ޕްރޮޖެކްޓްތައް އެކުލަވާލުމުގައި އެހީތެރިވުން.
  15. އާސާރީ ސަރަޙައްދު، ބިނާ އިންޓަރޕްރިޓް ކުރުމަށްޓަކައި އެ މަސައްކަތް ޕްލޭން ކުރުމުގައި އެހީތެރިވުމާއި އެ ސަރަޙައްދު، ބިނާތައް ފަރުމާކުރެވިފައިވާގޮތް ދިރާސާކޮށް ކުރެހުން ތައްޔާރުކުރުމުގައި އެހީތެރިވުން.
  16. ތަރިކަ  ޙިމާޔަތްކުރުމުގައި  ބައިނަލް  އަޤްވާމީ  ގޮތުން  ލާޒިމްކުރާ  ކަންތައްތައް  ރާވައި ހިންގުމުގައި ސެކްޝަން ހިންގުމާއި ހަވާލުވެގެން ހުރި މުވައްޒަފަށް އެހީތެރިވެދިނުން.
  17. ދިވެހި ތަރިކަ ކުރިއަރުވައި، ސްކޫލް ކުދީން އެކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މަޢުލޫމާތު ޢާންމުކުރުމުގެ ބައްދަލުވުންތަކާއި މަސައްކަތްތައް ރާވައި ހިންގުމުގައި އެންމެހާ އިންތިޒާމްތައް ހަމަޖެއްސުމުގައި އެހީތެރިވުން.
  18. ސެކްޝަން/ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި، އެހިނދަކަށް އެހީތެރިކަމަށް ބޭނުންވާ އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

މަޤާމްގެ ޝަރުޠުތައް:

 

1. މަގާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން  (ތިރީގައި ބަޔާންކުރެވިފައި) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.


މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގު: ކަލްޗަރަލް ހެރިޓޭޖް ކޮންޒަރވޭޝަން، އާކިޓެކްޗަރ، ޕްރިންސިޕަލްސް އޮފް ކޮންޒަރވޭޝަން، ކޮންޒަރވޭޝަން އާކިޓެކްޗަރ

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

މި މަޤާމަށް މީހަކު ހޮވުމަށް ސިވިލް ސަރވިސްގެ ޤަވާއިދާއި އުސޫލާއި އެއްގޮތަށް ތިރީގައި މިވާ ކަންކަމުގެ މައްޗަށް ބެލޭނެއެވެ. އަދި މިކަންކަން އިންޓަރވިއު އާއި ޕްރެކްޓިކަލް އިން ސާބިތުކޮށްދޭންވާނެއެވެ.

 

  • މަޤާމްގެ މަސައްކަތާ ގުޅޭ ދާއިރާއިން ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ތަޖުރިބާ
  • މަޤާމްގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެ އަދި ފޯމުގެ ސޮފްޓް ކޮޕީ ގެޒެޓްގައި އަޕްލޯޑް ކުރެވިފައިވާނެ).

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ).

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތު:ވަޒީފާ އަދާކުރަން ފެށި އަދި ވަކިވި ދުވަސް/މަސް/އަހަރު ސާފުވާނެގޮތަށް، ކުރި މަސައްކަތް ބަޔާންކޮށްފައި).

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

9.ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މިފޯމް ވަޒީފާއަށް އެދޭ ފޯމާއިއެކު މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެ އަދި ފޯމުގެ ސޮފްޓް ކޮޕީ ގެޒެޓްގައި އަޕްލޯޑް ކުރެވިފައިވާނެ).

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018  އެޕްރީލު 8 ވާ އާދީއްތަ ދުވަހުގެ 13:50 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ހެރިޓޭޖް (ޤައުމީ ދާރުލްއަސާރު، ޗާންދަނީމަގު) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ.   އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ 3326796 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަވިއު ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް  އޮންނާނީ،  2018 އެޕްރީލު 10 އާއި 17 އާ ދެމެދު، ޑިޕާޓްމަންޓް އޮފް ހެރިޓޭޖް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއު އަދި ޕްރެކްޓިކަލްއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

މި މަގާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނެ ތާރީޚާއި ގަޑި އެކަމާއި ގުޅޭ އެހެނިހެން މަޢުލޫމާތު، އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 3 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

 

ސްކްރީން ކުރުން:

 

ވަޒީފާއަށް އެދި ހުށަހެޅިފައިވާ ހުށަހެޅުންތައް ވަޒީފާއަށް އައްޔަން ކުރުމުގެ ޝަރުތުތަކާއި، އިޢުލާންގައިވާ އަސާސީ ޝަރުތުތައް ފުރިހަމަވެތޯ ސްކްރީން ކުރެވޭނެއެވެ. މިގޮތުން، ޝަރުތު ފުރިހަމަނުވާ ހުށަހެޅުންތައް ވަކިކޮށް ނުހޮވޭ ފަރާތްތަކަށް ލިޔުމުން އިއުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 3 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

 

ޝޯޓްލިސްޓް ކުރުން:

 

ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް ލިޔުމުން އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 3 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މި މަޤާމަށް މީހަކު ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމްލަ އިންސައްތަ، %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

 

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3340207 ނުވަތަ 3323206 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3326796 އެވެ. އީ-މެއިލް ކުރާނީ [email protected]

27 މާރިޗު 2018