މަސައްކަތް
ނަންބަރު: (IUL)388-PRO/388/2018/17
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 08:33
ސުންގަޑި: 01 އޭޕްރިލް 2018 10:30
ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ވަންދޫ ބަށިކޯޓެއް އެޅުމާގުޅޭ

               

`

                                                                    

 

ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ                                      Secretariat of Kolhumadulu Vandhoo Council

  ތ. ވަންދޫ ، ދިވެހިރާއްޖެ                                                 Thaa Vandhoo, Rep of Maldives  

                                                                     ނަމްބަރު: IUL)388-PRO/388/2018/17)

އިޢުލާން

ބަށިކޯޓް އެޅުމާއިގުޅޭ

                                         މިއިދާރާއިން ދައްކާ ނަމޫނާއަކާއި އެއްގޮތައް އަމިއްލަ ތަކެތީގައި ބަށިކޯޓެއް އަޅާދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 1 އޭޕްރީލް 2018 ވާ އާދީއްތަ ދުވަހު 10:30 ގައި މިއިދާރާއިން މައުލޫމާތު ސާފުކުރެއްވުމަށްފަހު 5 އޭޕްރީލް 2018 ވާ ބުރާސްފަތި ދުވަހު 10:30 ގައި މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މައުލޫމަތު ސާފުކުރުމަށް ވަޑައިގެންނެވި ފަރާތްތަކަށެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައި ޑީ ކާޑު އަދި ކުންފުންޏެއްނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ހުށަހަޅުއްވާ އަންދާސީ ހިސާބުގައި އެފަރާތެއްގެ ނަމާއި އެޑްރެސް އަދި މަސައްކަތުގެ ނަމާއި މަސައްކަތުގެ އަގު އަދި މަސައްކަތް ކުރުމަށް ރާވާފައިވާގޮތް އެނގޭނޭހެން ތަފްސީލްކޮށް ހިމަނަންވާނެއެވެ.

                             މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރު 7980047 ފޯނާގުޅުއްވުންއެދެމެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

9 ރަޖަބު 1439

26 މާރިޗު 2018

26 މާރިޗު 2018