ދިވެހިރާއްޖެ
އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)ގެ އެހީގައި މި މިނިސްޓްރީ އިން ހިންގަމުންދާ މެރިކަލްޗަރ އެންޓަޕްރައިސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ގާއިމްކުރެވޭ ހެޗަރީއަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއެވެ.
މަގާމް |
ކޮމިއުނިޓީ މޮބިލައިޒޭޝަން އޮފިސަރ |
ބޭނުންވާ ޢަދަދު |
3 (ތިނެއް) |
|
ސެކްޝަން: |
ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ.އައި.ޔޫ) |
|||
މަސައްކަތް ކުރަންޖެހޭ ތަން: |
ލ. އިސްދޫ، ލ.ކަލައިދޫ އަދި ލ.ދަނބިދޫ |
|||
ވަޒީފާގެ މުއްދަތު: |
1 އަހަރު |
|||
މުސާރަ: |
ރުފިޔާ ( ތަޢުލީމީ ފެންވަރު އަދި މަސައްކަތުގެ ތަޖްރިބާއަށް ބަލާފައި) 7000 |
|||
ޝަރުތު: |
1- ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތައް ޝައުގުވެރިވުން 2- ރަށުގައި ދިރިއުޅެމުންދިއުން 3- 18 އަހަރު ފުރިފައިވުން 4- ޖީ.ސީ.އީ އޯލެވެލް ނުވަތަ އެއާއި އެއްފެންވަރެއްގެ ސަނަދެއްލިބިފައިވުން (ގްރޭޑް 10 ނިންމާފައިވުން) 5- 18 މަސްދުވަހުގެ މުއަދަތަށް މަޝްރޫޢުގައި މަސައްކަތުގައި ދެމިހުރުން (ޕްރޮބޭޝަންގެ ގޮތުގައި 3 މަސްދުވަހުގެ މަސައްކަތް ބެލުމަށްފަހު ކޮންޓްރެކްޓް އިތުރު ކުރެވޭނެއެވެ.) 6- މޮނޮޓަރިންގ މަޢުލޫމާތު ނަގަން އެގުމާއި ރިޕޯޓް ތައްޔާރުކުރެވޭ ފަދަ ފެންވަރުހުރުން 7- މޫދުގައި ގިނަ ވަގުތު ހޭދަކުރެވޭ ވަރުގެ ސިއްޙަތު ރަގަޅު ފަރާތަކަށްވުން 8- މީހުންނާއި އެކު ގުޅިގެން މަސައްކަތް ކުރުމަށް ގާބިލް ފަރާތަކަށްވުން. |
|||
ވަޒީފާގައި ކުރަން ޖެހޭ މަސައްކަތް: |
މި މަޤާމްތަކުގައި ކުރަންޖެހޭ މަސައްކަތުގެ ތަފްސީލް "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު)" މި ޢިއުލާން އާއި އެކު އެޓޭޗް ކުރެވިފައި ވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3341836 އަށް ގުޅުއްވުނެ އެދެމެވެ. |
|||
ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި |
1- ވަޒީފާ އަށް އެދި ހުށަހަޅާ ސިޓީ 2- ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު 3- ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އަސްލާ އެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާ ސޮއިކޮށްފަ) 4- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން 5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ |
|||
މަތީގައި ދެންނެވިފައިވާ މަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 1 އޭޕްރިލް 2018 ވާ އާދިއްތަ ދުވަހުގެ 12:00ގެ ކުރިން ސިޓީ ފޮނުއްވުން އެދެމެވެ. ވަޒީފާ އަށް އެދި ހުށަހަޅާ ސިޓީ އެޑްރެސްކޮށް ހުށަހެޅުއްވާނީ އެރަށެއްގެ ރަށު ކައުންސިލްއަށް ނުވަތަ މި މިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްޕލިމެންޓޭޝަން ޔުނިޓަށް އީމެއިލް ކުރެއްވުން އެދެމެވެ.
މިވަޒީފާއަށް އެދޭ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު އަށް ގެނެވޭނީ ޝޯޓްލިސްޓްވާ ފަރާތްތައް އެކަންޏެވެ.
ޕްރޮޕޯސަލް ހުށަހަޅާ ސިޓީ އެޑްރެސް ކުރާނީ:
ޕްރޮޖެކްޓް ޑިރެކްޓަރ
ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް
ހ.ވައިޓް ވޭވްސް، މޫންލައިޓް ހިނގުން