ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305/305/2018/20
ޕަބްލިޝްކުރި ތާރީޚް: 22 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 13:03
ސުންގަޑި: 22 އޭޕްރިލް 2018 13:30
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަރުދަމާގެ ހައުސް ކަނެކްސަން އެޅުމާއި ބެހޭ

އިޢުލާން

ނަރުދަމާގެ ހައުސް ކަނެކްޝަން އެޅުމާއި ބެހޭ

މިރަށުގައި އެޅުމަށް ހަމަޖެހިފައިވާ ނަރުދަމާ ނިޒާމުގެ މަޝްރޫޢުގެ ދަށުން ގޭގޭގެ ޖަންގްޝަންއަށް ހޮޅި ގުޅައިދިނުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ގޭގެ ވެރިފަރާތުން އެކަމަށް އެދި އެޕްލިކޭޝަން ފޯމު ހުށަހެޅުމުންނެވެ. މިގޮތުން އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުޞަތު 22 މާރިޗު 2018 އިން ފެށިގެން 1 މަސްދުވަހުގެ މުއްދަތަށް ( 22 އޭޕްރީލް 2018 ) ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. ކަނޑައެޅިފައިވާ މުއްދަތުގައި ފޯމު ހުށަހަޅާ ފަރާތްތަކަށް ޖަންކްޝަން ހޮޅި ގުޅައިދެވޭނީ ޕްރޮޖެކްޓްގެ ދަށުން ހިލޭ ކަމަށާއި މުއްދަތުގެ ފަހުން ހުށަހަޅާ ފޯމުތަކަށް ޖަންކްޝަން ހޮޅި ގުޅައިދެވޭނީ ޚިދުމަތް ދިނުމަށް ކަނޑައެޅިފައިވާ ޔުޓިލިޓީ ކޮމްޕެނީއިން އެކަމަށް ނެގޭ އަގެއްގެ ދަށުން ކަމުގައި ވަނީ އަންގަވާފައެވެ. މިހެންކަމުން މި ޚިދުމަތަށް އެދި ވީހާގިނަ ފަރާތްތަކުން ފޯމު ފުރުއްވާ ހުށަހެޅުއްވުމަށް ދެންނެވީމެވެ.

ނަރުދަމާ ނިޒާމުގެ ހައުސް ކަނެކްޝަން އެޅުމަށް ބޭނުންވާ ފަރާތްތަކުން 22 އޭޕްރީލް 2018 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން " ނަރުދަމާގެ ޚިދުމަތަށް އެދޭ ފޯމް " ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތަކާއިއެކު މި ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމު މި ކައުންސިލުގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ. މި އިޢުލާނާއިއެކު މިޚިދުމަތް ފޯރުކޮށްދިނުމުގައި ޢަމަލުކުރާނެ އުސޫލު ޢާންމުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

05  ރަޖަބު  1439

22 މާރިޗު  2018

22 މާރިޗު 2018