ޢާންމު މަޢުލޫމާތު
ނަންބަރު: GS35/2018/10
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 11:22
ސުންގަޑި: 01 އޭޕްރިލް 2018 14:00
ނ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ނ.އަތޮޅު މަދަރުސާ

ނ.މަނަދޫ /ދިވެހިރާއްޖެ

ވަޒީފާގެ ފުރުޞަތު

ނަމްބަރު 10/2018/GS35

މަޤާމް:

ރިލީފް ޓީޗަރ

ބޭނުންވާ އަދަދު:

04 ( ހަތަރެއް )

މަޤާމުގެ އަސާސީ މުސާރަ:

ތައުލީމީ ފެންވަރު

މުސާރަ (މަހަކު)

ސާރވިސް އެލަވަންސް (މަހަކު)

  • ސާނަވީ ތައުލީމު ފުރިހަމަކޮށްފައިވުން

4500.00 ރ

1500.00 ރ

  • މަތީސާނަވީ ތައުލީމު ފުރިހަމަކޮށްފައިވުން

5500.00 ރ

1500.00 ރ

  • ކިޔަވައިދިނުމުގެ ރޮނގުން ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލު ކޮށްފައިވުން

7070.00 ރ

2500.00 ރ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނ.އަތޮޅު މަދަރުސާ، ނ.މަނަދޫ

މާޤާމުގެ ޝަރުތު

  1. ސާނަވީ ތައުލީމު ފުރިހަމަކޮށްފައިވުން.
    • ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިން ސެޓްފިކެޓެއް ނުވަތަ ގްރޭޑް 10 ނިންމާ އިމްތިހާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަ ކުރި ކަމަށް ބެލެވޭނެއެވެ.  އަދި ގައުމީ ސަނަދުތަކުގެ އޮނިގަނޑުލެވެލް 3 ގެ ސަނަދެއް ހާސިލް ކޮށްފައިވާނަމަ ސާނަވީ ތައލީމު ފުރިހަމަ ކުރިކަމަށް ބެލެވޭނެއެވެ

ނުވަތަ

  1. މަތީސާނަވީ ތައުލީމު ފުރިހަމަ ކޮށްފައިވުން
    • ގްރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިން ސެޓްފިކެޓެއް ނުވަތަ ގްރޭޑް 12 ނިންމާ އިމްތިހާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ މަތީ ސާނަވީ ތައުލީމު ފުރިހަމަކުރި ކަމަށް ބެލެވޭނެއެވެ.

ނުވަތަ

  1. ކިޔަވައިދިނުމުގެ ރޮނގުން ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް :

 

  • ·         ދަރިވަރުންނަށް ކިޔަވައި ދިނުމަށް ތައްޔާރުވުން.
  • ·         ކިޔަވައި ދިނުމާއި ދަރިވަރުންގެ ފެންވަރު ވަޒަންކުރުން.
  • ·         ސްކޫލްގެ ދަރިވަރުންނަށް ހިންގޭ އިތުރުހަރަކާތްތައް ރާވާ ހިންގުމުގައި އެހީތެރިވުމާއި ބައްދަލުވުންތަކަށް ހާޒިރުވުން
  • ·         ހެޔޮ ގޮތުގައި ދަރިވަރުން ތަރުބިއްޔަތު ކުރުން.
  • ·         ކްލާސް ޓީޗަރުގެ ޒިންމާ އަދާކުރުން.

 

 

އުޖޫރައާއި ޢިނާޔާތްތައް:

- އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

ވަޒީފާއަށް އެދެންވީ ގޮތާއި ސުންގަޑި

މިމަޤާމަށް އެދި ހުށަހަޅުއްވާ ފަރާތްތަކުން 01 އޭޕްރީލް  2018 ވާ އާދިއްތަ ދުވަހުގެ 14:00ގެކުރިން މިސްކޫލަށް ސިޓީހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށްއެދި ހުށަހަޅާ ސިޓީއާއިއެކު ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަވެފައިނުވާނަމަ އެސިޓީތައް ބާތިލުކުރެވޭނެނެއެވެ.

 

ހުށަހަޅަންޖެހޭ ތަކެތި :

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ  (އެކްރެޑިޓްކޮށް އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓްގެ ކޮޕީ)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއެކު)
  • ތަޖުރިބާގެ ލިޔުންތައް.

 

މީހުން ހޮވުމުގައި ބާލާނެ ކަންތައްތައް

1- ޙާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން މެރިޓް އުސޫލުން.

2- މަސައްކަތު ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3- ޤާބިލްކަން ބެލުމަގެ ގޮތުން އިންޓަރވިއު ކޮށްގެން.

ވަޒީފާގެ އިންޓަވިއު އޮންނާނެ ތަން

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އިޢުލާނުގެ މުައްދަތު ހަމަވާތާ 05 ދުވަހުގެ ތެރޭގައި   ނ.އަތޮޅު މަދަރުސާގައި އޮންނާނެއެވެ.

 

އިތުރު މަޢުލޫމާތު

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ : 6560003 ނަމްބަރު ފޯނާ އެވެ. މިމަޤާމަށް  އިންޓަރވިއުކުރެވޭނީ މަގާމުގެ ޝަރުޠުހަމަވާ ފަރާތްތަކާއެވެ.

 

09 ރަޖަބް   1439

26 މާރޗް  2018

26 މާރިޗު 2018