ވަޒީފާގެ ފުރުޞަތު
ނަންބަރު: S2C-A/2018/04
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 11:19
ސުންގަޑި: 12 އޭޕްރިލް 2018 14:30
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ދާއިމީ)/ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓް

ވަޒީފާގެ ފުރުޞަތު

ނަންބަރު: 04/S2C-A/2018

ތާރީޚް: 26 މާރޗް  2018

މަޤާމް:

 އެޑްމިނިސްޓްރޭޓިވް އޮފިސަރ (ދާއިމީ)

ބޭނުންވާ ޢަދަދު:

1

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1 

ރޭންކް:

  ޖީ.އެސް 3

ސެކްޝަން:

ބަޖެޓް / ޝަރްޢީ އިދާރީ

އަސާސީ މުސާރަ:

  -/ 4465ރުފިޔާ

މަސައްކަތްކުރަންޖެހޭ ތަން:

ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓް

އެލަވަންސްތަކާއި ޢިނާޔަތްތައް:

 

  • ސަރވިސް އެލަވަންސް: -/1500 ރުފިޔާ
  • ޖުޑީޝަލް އެލަވަންސް: އަސާސީ މުސާރައިގެ %35 އަށްވާ ފައިސާ
  • ލިވިންގ އެލަވަންސް: -/2,550 ރުފިޔާ
  • އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

އަސާސީ ޝަރުޠު:

 

  1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށް ދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން " ސީ" ލިބިފައިވުން ނުވަތަ
  2. މަސައްކަތު ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުން ދިޔުމާއެކު، GS2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

މަޤާމުގެ މައިގަޑު މަސްއޫލިއްޔަތު:

 

  1. ކޯޓަށް ލިބޭ ފައިސާ ބަލައިގަނެ، ޙަވާލުކުރަންޖެހޭ ފަރާތްތަކާއި ފައިސާ ޙަވާލުކުރުމާއި، ފައިސާ އާއިބެހޭ އެންމެހާ ފޮތްތައްލިޔެ ބެލެހެއްޓުން.
  2. ބޭންކަށް ފޮނުވަންޖެހޭ ފައިސާ ބޭންކަށް ޤަވާޢިދުން ޑިޕޮޒިޓްކުރުމާއި އެކަމާއިގުޅޭ އެންމެހާ ލިޔެކިޔުންތައް  ފުރިހަމަކޮށް ބެލެހެއްޓުން.
  3. ބަޖެޓް ފައިސާ އާއިބެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި ރެކޯޑް ބެލެހެއްޓުމާއި، ރިޕޯރޓްތައް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވުން .
  4. މިދާއިރާގެ ކޯޓްތަކުގެ ފައިސާގެ ރިޕޯޓްތައް އޮންނަ މުއްދަތުގައި ހޯދައި ޗެކްކުރުމަށްފަހު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވުން.
  5. މިކޯޓުގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން އެލަވަންސްތައް ދިނުމާއި ބެހޭ އެންމެހާ މަސައްކަތްކުރުން.
  6. މިދާއިރާގެ ކޯޓްތަކުގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން އެލަވަންސްތައް ދިނުމަށް ބޭނުންވާ ރިޕޯޓްތައް ކޯޓްތަކުން ހޯދައި ޗެކްކުރުމަށްފަހު އޮންނަ މުއްދަތުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވުން.
  7. ކޯޓަށް ބޭނުންވާ ތަކެތި ހޯދުމާއި، ކުރަންޖެހޭ މަރާމާތު މަސައްކަތް ކުރުވުމުގެ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން.
  8. ކޯޓުން ނީލަންކިޔަންޖެހޭ ތަކެތި ނީލަންކިޔުމާއި ބެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  9.  ކޯޓަށް ދައްކަންޖެހޭ ފައިސާ މީސްމީހުންގެ އަތުން ހޯދުމާއިބެހޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  10. ކޯޓްތަކުން އަންނަ ފައިސާ އާއި ބެހޭ ސިޓީ މެސެޖުފަދަ ތަކެއްޗާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައްކުރުން.
  11. ޝަރީޢަތުގެ މަޖްލީހުގައި ނުވަތަ ކޯޓް ތެރޭގައި މެޖިސްޓްރޭޓަކަށް ނުވަތަ ކޯޓަށް ޙާޟިރުކޮށްފައިވާ ފަރާތަކަށް ނުރައްކަލެއް ކުރިމަތިވާ ޙާލަތުގައި އެކަމުގެ ދިފާޢުގައި އިސްވެ ޙަރަކާތްތެރިވުން.
  12. ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ކުރަންޖެހޭ ޝަރުޢީ/އިދާރީ މަސައްކަތްތައް ކުރުން.
  13. ކޯޓުން ތައްޔާރުކުރަންޖެހޭ ޝަރުޢީ/ އިދާރީ ރިޕޯރޓްތައް ތައްޔާރުކުރުން.
  14. ކޯޓުން ބަލަހައްޓަންޖެހޭ ޝަރުޢީ / އިދާރީ ރެކޯރޑްތައް ފުރިހަމަކޮށް ބެލެހެއްޓުން.
  15. ކޯޓުން ތައްޔާރުކުރަންޖެހޭ ޝަރުޢީ އަމުރުތައް ތައްޔާރުކުރުން.
  16. ކޯޓުން ރައްޔިތުންނަށްދޭ ޢާންމު ޚިދުމަތްތަކާއި ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.
  17. ކޯޓުން ޒިންމާކުރެވޭ މަސައްކަތްތަކާއި ގުޅޭ އެންމެހާ ލިޔެކިޔުންތައް ކޯޓުގައި ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ފުރިހަމަކޮށް ބެލެހެއްޓުން.

 

ހުށަހަޅަންޖެހޭ ތަކެތި:

 

  • ޝަރްޢީދާއިރާގެ ވަޒީފާއަށް އެދޭ ފޯމް.
  • ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ދިވެހި ރައްޔަތެއްކަން އަންގާދޭ ކާޑު ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)
  • މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)
  • އަދާކޮށްފައިވާ އަދި ކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކުލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައިވީ މުއްދަތު އަދި މަސްއޫލީއްޔަތު އިނގޭނޭލިޔުމުގެ ކޮޕީ. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި:

 

  • 12 އޭޕްރީލް 2018 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެކުރިން ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

 

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިކޯޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރަކީ: 6885571 / 6880008
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުސަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރުހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް

 

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
  • ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އަހުލުވެރި ފަރާތެއް ކަމުގައިވުން.
  • ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތެއްކަމުގައިވުން.
  • އިގިރޭސިބަހާއި ދިވެހިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ފެކޭޖް ފަރިތަކަމާއެކު އެޑްވާސް ފެންވަރެއްގައި ބޭނުންކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
  • ޙިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި، ހިތްހެޔޮކަމާއި، ހިނިތުންވުމާއެކު މުޢާމަލާތް ކުރުމުގެ ހުނަރު ލިބިފައިވުން.
  • ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
26 މާރިޗު 2018