ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)310-CA/310/2018/11
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 10:13
ސުންގަޑި: 02 އޭޕްރިލް 2018 14:00
މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރްޞަތު

ރައްކާތެރިކަމާއިއެކު ކުނިނައްތާލުމަށް ސަރުކާރުން ކުރިއަށްގެންދަވާ ޕްރޮގްރާމު 1 އޭޕްރީލް 2018 އިންފެށިގެން މީދޫގައި ކުރިޔަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މިމަސައްކަތުގައި އުޅޭނެ މަސައްކަތު މީހުންވަނީ ބޭނުންވެފައެވެ.

ވަޒީފާގެ ގިންތި:     ކޮންޓްރެކްޓް

ބޭނުންވާ ޢަދަދު:     4

މުސާރަ:           -/3100 ރ

އިނާޔަތްތައް:        ޙާޟިރީ އެލަވަންސް މަސައްކަތު ނުކުންނަ ދުވަހަކަށް -/100 ރ  

ވަޒީފާ އަދާކުރަންޖެހޭ ތަން: ރ. މީދޫ ކުނިމެނޭޖް ކުރުމުގެ ޕްރޮގްރާމް / ރ. މީދޫ ކައުންސިލް އިދާރާ

                އިތުރުގަޑީގައި މަސައްކަތްކުރަންޖެހިއްޖެނަމަ މުސާރައިން ގަޑިއަކަށް ޖެހޭވަރު

ސަލާމާއި ޗުއްޓީ:    ސިވިލްސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެއްއުސޫލުން ހަމަޖައްސައިދެވޭނެއެވެ.

ޝަރުތު:          ލިޔަންކިޔަން ދަތުމާއި، ގިނަވަގުތު މަސައްކަތު އެޅެވޭ މީހެއްކަމުގައިވުން.

ކުރަންޖެހޭމަސައްކަތް:   ގޭގެއިން ކުނިނެގުމާއި، ކުނިގޮނޑުގައި ކުނިމެނޭޖްކުރުމާއި އެންދުން، ކުނިކަލެކްޓީންގ ސެންޓަރަށް (ރ. ވަންދޫ) އަށް ކުނިގެންދިއުމަށް އަންނަ އުޅަނދަށް ކުނި އުފުލުމާއި އެހީތެރިވުން. މީގެ އިތުރުން ކުނިކޮށީގައި ކުރަންޖެހޭ މަސައްކަތްކުރުން

މަސައްކަތްކުރަންޖެހޭ ވަގުތުު: ދުވާލަކު 8 ގަޑިއިރު ހަފްތާއަކު 6 ދުވަހު

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ފޮނުވާ ސިޓީ
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ
  3. ވަނަވަރު

 

ސުންގަޑި:

02 އޭޕްރީލް 2018 (ހޯމަ) ދުވަހުގެ 14:00 ގެ ކުރީން  މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ އަށް

 

                   ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

26 މާރިޗު 2018