ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-AS6/1/2018/74
ޕަބްލިޝްކުރި ތާރީޚް: 25 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 27 މާރިޗު 2018 10:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީއަށް 30 ދުވަހަށް ލޭންޑިންގ ކްރާފްޓެއް ކުއްޔަށް ހިފުމާއި ގުޅޭ

މި މިނިސްޓްރީއަށް 30 ދުވަހަށް ލޭންޑިންގ ކްރާފްޓެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)138-AS6/1/2018/72 (20 މާރިޗު 2018) އިޢުލާނާއި ގުޅިގެން މަޢުލޫމާތު ބަދަލުވެފައިވާތީ މި އިޢުލާން ބާޠިލްކޮށް، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

 

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 މާރިޗު 27 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީ މަގައަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި، މި މަޢުލޫމާތު ކަރުދާސް 2018 މާރިޗު 26 ވާ ހޯމަ ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 އާއި 7776505 އަށް ގުޅުއްވުން އެދެމެވެ.

25 މާރިޗު 2018