ދިވެހިރާއްޖެ
މިކައުންސިލްގެ ބެލުމުގެ ދަށުގައިހުރި، ޔުނިޑޯގެ ފަރާތުން މިރަށުގައި އިޢާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫޢުގެދަށުން ބުރަފަތި ހަރުކުރުމަށް ޖަހާފައިވާ ދަނޑި ކުއްޔަށް ދޫކުރުމަށް ފުރުޞަތު ހުޅުވާލާ މިކައުންސިލުން ކުރި ނަމްބަރ (IUL)311/311/2018/11 އިޢުލާނާއި ގުޅިގެން އަގު ހުށަހަޅާފައިވަނީ 2 ފަރާތުން ކަމަށްވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކައުންސިލްގެ ބެލުމުގެ ދަށުގައިހުރި އިސްވެދެންނެވުނު ދަނޑި ބަލަހައްޓައި އަމިއްލަ ބޭނުންތަކަށް އެދަނޑީގެ ބޭނުންކުރެވޭގޮތަށް 1 އަހަރުގެ މުއްދަތަށް ކުއްޔަށް ހިފަން އެދޭ ފަރާތްތަކުން އެކަމަށް އެދި 25 މާރޗް 2018 ވަނަ ދުވަހުގެ މެންދުރު 12:10 ގައި އިދާރާއަށް ޙާޟިރުވެ ސިޓީއަކުން އަގު ހުށަހެޅުއްވުން އެދެމެވެ. ހުށަހެޅޭ ސިޓީތައް ކެނޑުން އޮންނާނީ ހަމަ އެދުވަހުގެ މެންދުރު 12:15 ގައި ފައިނު ކައުންސިލްގެ އިދާރާގައި އަގު ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. އެހެން ފަރާތެއްގެ ބަދަލުގައި ޙާޟިރުވާނަމަ އެކަން އެނގޭނޭ ލިޔުމެއް ގެންނަންވާނެއެވެ. މިކަމަށްއެދި ހުށަހަޅާ ހުށަހެޅުންތަކަށް ޕޮއިންޓް ދެވޭނީ ތިރީގައި މިދަންނަވާ ގޮތުގެމަތިންނެވެ. އަދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ބުރަފަތި ދަނޑި ކުއްޔަށް ހިފުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.
- ކުއްޔަށް ހިފާ އަގު %60
- ދަނޑި ރައްކާތެރިކަމާއިއެކު ބެލެހެއްޓުމަށް ކުރާނެ މަސައްކަތް %25
- ދަނޑީގައި ކުރާ ބޭނުމުން ރައްޔިތުންނަށާއި ރަށަށް ކުރާނެ ފައިދާ15
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑިގައިނަމަ 6580072 ނަމްބަރ ފޯނަށް ގުޅުއްވުން އެދެމެވެ.