ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 343-AS/2018/18
ޕަބްލިޝްކުރި ތާރީޚް: 20 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 13:12
ސުންގަޑި: 04 އޭޕްރިލް 2018 13:15
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލްބީޗް ތަރައްގީކުރުން

`

އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ                

      ބޮޑުފޮޅުދޫ، ދިވެހިރާއްޖެ                                                                    

 

                                                                   ނަންބަރ IUL) 343-/2018/18  :

އިޢުލާން

 ލޯކަލް ބީޗް ތަރައްގީކުރުން:

                    

މިރަށު ލޯކަލްބީޗް ފިޔަވަހި 2ގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ އެވެ. މިކަން ކޮށްދިނުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 27 މާރިޗް 2018 ވާ އަންގާރަ  ދުވަހުގެ 13:15 އަށް ކައުންސިލުގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 04 އޭޕްރީލް 2018 ވާ ބުދަ ދުވަހުގެ 13:15 މިމަސައްކަތް ކޮށްދެއްވާނެއަގު ބަޔާންކޮށް ލިޔުމަކުން މިޢިދާރާއަށް ހުށައެޅުއްވުން އެދެމެވެ. މިގޮތުން ހުށަހެޅޭ ޕްރޮޕޯސަލްތައް ކެނޑުން އޮންނާނީ  ހުށަހަޅާފަރާތްތަކުގެ ހާޟިރުގައި 04 އޭޕްރީލް  2018 ވާ ބުދަ ދުވަހުގެ 13:15 ގައެވެ. އެހެންކަމުން މަޢުލޫމާތު ސާފްކުރެއްވުމަށާއި، ލިޔުން ޙަވާލުކޮށްފައި ބަދަލުގައި ފޮނުވާފަރާތްތަކުންވެސް ކަނޑައެޅިފައިވާ ތާރީޙްތަކަށް ސަމާލުކަންދެއްވުން އެދެމެވެ. އަދި މައުލޫމާތު ސާފްކުރަން ވަޑައިގެންނެވި ބޭފުޅުންނަށްލިޔުން ހަވާލުކޮށްފައި ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ.

      މަތީގައި ދެންނެވިފައިވާ މައުލޫމާތު ދިނުމުގެ ސެސަނަށް ހާޒިރުނުވާފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ.

   

ވީމާ، މިކަން އާންމުކޮށް އެންގުމަށް ޓަކައި ޢިއުލާން ކުރީމެވެ.

    03 ޖުމާދަލްއާހިރު 1438

    20 މާރިޗް    2018

20 މާރިޗު 2018