ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ފޮޓޯގްރަފީ/ވީޑިއޯގްރަފީ މުބާރާތް
މިއަހަރުގެ ހެލްތު ދުވަސް ފާހަގަ ކުރުމުގެ ގޮތުން މި މިނިސްޓްރީގެ ފަރާތުން ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތަކީ ވޭތުވެދިޔަ ހަތަރު އަހަރު ދުވަހު ދިވެހި ރާއްޖޭގެ ސިއްޙީ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކޮށް، އެ މަސައްކަތްތައް ފޮޓޯ އަދި ވީޑިއޯގެ ޜަރިއްޔާއިން ދައްކާލުމުގެ މަގުސަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތުން ފާހަގަކޮށްލެވޭ ފޮޓޯ/ވީޑިއޯ ދައްކާލުމަށް ހަމަޖެހިފައިވަނީ ހެލްތު ދުވަސް ފާހަގަކުރުމުގެ ގޮތުން ހދ. މަހިބަދޫގައި ބާއްވާ ފޮޓޯ އެގްޒަބިޝަންގައެވެ. މި އެގްޒަބިޝަނަށްފަހު މާލޭގެ އެކި ސަރަހައްދުތަކުގައި މި އުފެއްދުންތައް ޑިސްޕްލޭކުރެވޭއިރު، ދިވެހި ސަރުކާރުން ބައިވެރިވާ ބައިނަލް އަޤްވާމީ ބައްދަލުވުންތަކުގައި ވެސް މި އުފެއްދުންތައް ދެއްކުމަށް މި މިނިސްޓްރީއިން ވަނީ ނިންމާފައެވެ.
މި މުބާރާތައް ހުށަހަޅާ އުފެއްދުންތަކާއިއެކު ފުރިހަމަ ކުރަންޖެހޭ މައުލޫމާތު :
ފޮޓޯ ނެގި ފަރާތުގެ ނަމާއި އެޑްރެސް
ފޮޓޯ ނަގާފައިވާ ތަނާއި ތާރީޚް
ފޮޓޯގެ ކެޕްޝަން (އިނގިރޭސި/ ދިވެހިން)
ފޮޓޯ ހުށަހެޅުނު ތީމާއި ފޮޓޯއާ ހުރި ގުޅުން ބަޔާންކޮށް ލިޔުންކޮޅެއް (40 ބަހަށްވުރެ ދިގު ނުވާވަރުގެ)
ފޮޓޯ ހުންނަން ވާނީ 3*2 ފޫޓްގެ ކެންވާރސް އަށް ޕްރިންޓް ކުރެވޭނެ ކޮލެޓީ އެއްގައެވެ.
މަތީގައި ދެންނެވިފައިވާ ސައިޒަށް ފޮޓޯ ޑިޖިޓަލްކޮށް އަދި ޕްރިންޓްކޮށް ވެސް ހުށަހެޅިދާނެއެވެ.
ހުށަހަޅާ އުފެއްދުންތައް އިންސާފުކުރުމުގައި ބެލޭނެ މިންގަނޑުތައް:
އުފެއްދުން ތެރިކަން
ކޮމްޕޮޒިޝަން (ޓެކްނިކަލް ފެންވަރާއި ކޮލިޓީ)
ފަންނުވެރިކަން މިދާއިރާއާއި ގުޅުންހުރި މިންވަރު
މުބާރާތުގައި ބައިވެރިކުރެވޭ ފޮޓޯ އަދި ވީޑިއޯގެ ތެރެއިން ވަނަވަނައަށް ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމު ކަނޑައެޅިފައިވާ ވާހަކަ ދަންނަވަމެވެ. ފޮޓޯ ހުށަހެޅުމުގައި އެއްފަރާތަކަށް ވަކި އަދަދެއް ކަނޑައެޅިފައެއް ނުވެއެވެ. އަދި މިމުބާރަތުގައި ބައިވެރިކުރާ ފޮޓޯތައް ފޮޓޯގެ ވެރިފަރާތުގެ ހުއްދައަކާ ނުލައި މިމިނިސްޓީގެ ބޭނުންތަކަށް ބޭނުންކުރުމުގެ އިޚުތިޔާރު މިމިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި މިގޮތަށް ބޭނުންކުރެވޭ ފޮޓޯތަކުގައި އެފޮޓޯގެ ވެރިފަރާތަށް ފުރިހަމަ ކްރެޑިޓް ދެވޭނެއެވެ.
މިމުބާރާތަށް ހުށަހެޅުމަށް ބޭނުންވާ ފޮޓޯ އަދި ވީޑިއޯ މި މެއިލްއަށް އަޕްލޯޑްކޮށްދެއްވުން އެދެމެވެ. [email protected]
މިމުބާރާތަށް ހުށަހެޅޭ ފޮޓޯ އަދި ވީޑިއޯ ބަލައިގަނެވޭނެ އެންމެފަހު ތާރީޚަކީ 02 އޭޕްރީލް 2018 ވާ ހޯމަ ދުވަހުގެ މެންދުރުފަހުގެ 14:00 އެވެ.
އަދި އަދި މިކަމާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މި ނަމްބަރަށް 3014460 ގުޅުއްވައިގެން ކުރިއަށް ގެންދެވުން އެދިދެންނެވީމެވެ.