މަސައްކަތް
ނަންބަރު: (IUL)438-GCF/438/2018/90
ޕަބްލިޝްކުރި ތާރީޚް: 21 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 08:41
ސުންގަޑި: 04 އޭޕްރިލް 2018 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޖެންޑަރ ސްޕެޝިއަލިސްޓް ކޮންސަލްޓަންޓް އެއް ހޯދުމާގުޅޭ

ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) އާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ.) އިން ހިންގާ ފެނުގެ މަޝްރޫއަށް – ޖެންޑަރ ސްޕެޝިއަލިސްޓް އެއް ހޯދުމާގުޅޭ

 

ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ޖެންޑަރ ސްޕެޝިއަލިސްޓް

 

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ(އެމް.އީ.އީ) އިން " ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖް" ގެ ނަމުގައި ކުރިއަށް ގެންދާ 04 ރަށުގެ ފެނުގެ ނިޒާމާއި 45 ރަށުގެ ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް މަސައްކަތްތަކަށް ބޭނުންވާ ޖެންޑަރ ސްޕެޝިއަލިސްޓް އައްޔަންކުރުމަށް ބޭނުންވެއެވެ. މިމަޝްރޫއަށް ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ ގްރީން ކުލައިމެޓް ފަންޑް ހިލޭ އެހީގެ ދަށުންނެވެ.

 

ޖެންޑަރ ސްޕެޝިއަލިސްޓްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:

(ހ) ސޯޝަލް ސައިންސަސް، އެޑިއުކޭޝަން  ނުވަތަ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައި ވުމާއިއެކު މަސައްކަތާއި ގުޅޭދާއިރާއިން މަދުވެގެން 2 އަހަރުގެ ތަޖުރިބާލިބިފައިވުން. ނުވަތަ ސޯޝަލް ސައިންސަސް، އެޑިއުކޭޝަން  ނުވަތަ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުންފުރަތަމަ ޑިގްރީ ހާސިލްކޮށްފައި ވުމާއިއެކު މަދުވެގެން 5 އަހަރުގެ ތަޖުރިބާލިބިފައިވުން.

(ށ) ޖެންޑަރ ދާއިރާއިން މަދުވެގެން 2 އަހަރުގެ ތަޖުރިބާލިބިފައިވުން. މީގެ އިތުރުން ބައިނަލްއަޤުވާމީ އެހީދޭ ޖަމިއްޔާތަކުގެ ޕްރޮޖެކްޓް ތަކުގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  

(ނ) "ޕާޓިސިޕޭޓޮރީ ރިސަރޗް ޓެކްނީކްސް" ބޭނުން ކުރުމާއި "ފޯކަސް ގްރޫޕް ޑިސްކަޝަންސް" ހިންކުމުގެ ތަޖުރިބާ ލިބިފައިވުން

(ރ) މަޝްރޫޢާއި ގުޅޭ ތަފާތު އެކި ފަރާތްތަކާއި ގުޅިގެން އަމިއްލަ އައް އިސްނަގަގެން މަސައްކަތް ކުރެވޭ ފަރާތަކަށް ވުން

(ބ) މިމިނިސްޓްރީ އާ އެކު 1 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގެ 2 މަސައްކަތަކާ ހަވާލުވެފައިވާ ފަރާތަކަށް ނުވުން.

(ޅ) ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއި އެކު ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށް ވުން.

 

ވީމާ މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ އިން ހުޅުވައިލަމެވެ. މިގޮތުން މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތުކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްމަށް އެދި ދަންނަވަމެވެ.

 

 

 

އުޖޫރަ

މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި ޓަރމްސް އޮފް ރިފަރެންސްގައި ބަޔާންކުރެވިފައިވާ ޝެޑިއުލްއާ އެއްގޮތަށް ރުފިޔާގެ އުޖޫރައެއް ދިނުމަށް ވަނީ ކަނޑައެޅިފައެވެ.

 

މަސައްކަތުގެ މުއްދަތު:

- މި މަސައްކަތުގެ މުއްދަތު ކަނޑައެޅިފައިވަނީ 1 އަހަރު ދުވަހުގެ މައްޗަށް ބަހާލެވިގެންނެވެ. މިކަމާބެހޭ އިތުރު މައުލޫމާތު ޓަރމްސް އޮފް ރިފަރެންސްގައި ބަޔާންކުރެވިފައި ވާނެއެވެ.

 

ހުށަހަޅަށްޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ
  • ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާންޕަލް، ޕޯޓްފޯލިއޯ.

 

 

ސުންގަޑި

ޝައުޤުވެރިވާ ފަރާތްތަކުން 2018އޭޕްރިލް 04 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އެޑްރެހަށް އީމެއިލް، ފެކްސް މެދުވެރިކޮށް ނޫނީ މި މިނިސްޓަރީގެ ކައުންޓަރާ ހަވާލު ކުރެއްވުންން އެދެމެވެ.

 

 

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

 

ޕްރޮޖެކްޓް މެނޭޖަރ

ޖީ.ސީ.އެފް ޕްރޮގްރާމް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

މާފަންނު، ހަނދުވަރީ ހިނގުން

ފޯނު ނަންބަރު: 3018446

[email protected]

އެކްސްޕްރެޝަން އޮފް އިންޓަރަސްޓް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގަ  ނޫނީ އީމެއިލް މެދުވެރިކޮށެވެ.

 

އިތުރު މައުލޫމާތު:

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި އިއުލާނާއި އެއްކޮށް އެއްކަރުދާސް ކުރެވި އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ވެސް ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް  , 3018446 އަށް ގުޅުއްވުން  ނުވަތަ [email protected]

އައް އީމެއިލް ކޮއްދެއްވުމަށް އެދެމެވެ.

 

 

                            21 މާރިޗު 2017

21 މާރިޗު 2018