ވަޒީފާގެ ފުރުޞަތު
ނަންބަރު: GS125/IUL/2018/03
ޕަބްލިޝްކުރި ތާރީޚް: 21 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 08:29
ސުންގަޑި: 27 މާރިޗު 2018 12:00
އަނގޮޅިތީމު ސްކޫލް
ދިވެހިރާއްޖެ
ޕްރީސުކޫލް ރިލީފް ޓީޗަރ

`

 

 

އަނގޮޅިތީމް ސްކޫލް

                 ރ.އަނގޮޅިތީމް، ދިވެހިރާއްޖެ                

   ތާރީޚް: 21 މާރިޗު 2018                                        ނަންބަރު:GS125/IUL/2018/03  

 

ޕްރީސްކޫލް ޓީޗަރެއް ހޯދުމަށް

 

 

   މަޤާމް:                     ޕްރީސްކޫލް ރިލީފް ޓީޗަރ 

   ބޭނުންވާ އަދަދު:                01 (އެކެއް)

   ވަޒީފާއޮތް އޮފީސް:              ރ.އަނގޮޅިތީމް ސްކޫލް

   ގިންތި:                      ދިރާސީ 1 އަހަރު (3 މަހުން 3 މަހުން ކޮންޓްރެކްޓު އާކުރާގޮތަށް)

   ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :    އެކަޑަމިކް ޝެކްޝަން/ އަނގޮޅިތީމް ސްކޫލް

                        

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

 

-          އެލް. ކޭ. ޖީ ، ޔޫ. ކޭ. ޖީ ކްލާސްތަކުގެ ދަރިވަރުންނަށް ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް ކިޔަވައިދިނުމާއި ގުޅޭ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

ޝަރުތު:

 

ސާރވިސް އެލަވަންސް

މަޤާމުގެ އަސާސީ މުސާރަ

ސަރުތު

މަޤާމު

 

1,500.00

 

4500.00

ސާނަވީ ތަޢުލީމު ފުރިހަމަކުރުން

 

 

ޕްރީ ސުކޫލް ރިލީފް ޓީޗަރ

5500.00

މަތީ ސާނަވީ ތައުލީމު ފުރިހަމަކުރުން

2500.00

6090.00

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ސަނަދެއް ހާސިލްކުރުން

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

  

-          ފާއިތުވި އަހަރު ތަކުގައި ޕްރީސްކޫލް ޓީޗަރެއްގެ ގޮތުގައި އުޅުއްވާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

-          ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު

-          މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

-          މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް

                 

އިންޓަވިއު އޮންނާނެ ތަންނާއި ވަގުތު:

-          މި މަޤާމަށް މީހަކު ހޮވުމުގައި އިންޓަވިއު ކުރެވޭނެއެވެ. އިންޓަރވިއު އޮންނާނީ މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން ރަސްމީ 2 ދުވަހާއި 10 ދުވަހުގެ ތެރޭގައެވެ. އިންޓަވިއު އޮންނާނެ، ތާރީޚާއި ތަނާއި ވަގުތު ވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކަށް މިސްކޫލުން އަންގާނެއެވެ.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މިސްކޫލުގެ އޮފީހުންނާއި، ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv) އިން ލިބިވަޑައިގަންނަވާނެއެވެ.

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު އަދި މުއްދަތު ހަމަނުވާ ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

-       ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ އަނގޮޅިތީމް ސްކޫލް އޮފީހަށްށެވެ.

-       ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 27 މާރިޗު 2018ވާ އަންގާރަ ދުވަހުގެ 12:00 އެވެ.  

 

 

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން އަނގޮޅިތީމް ސްކޫލްގެ ނަންބަރު 6580357ފޯނަށް ގުޅުއްވުން އެދެމެވެ. 

 

 

21 މާރިޗު 2018