ދިވެހިރާއްޖެ
އިޢުލާނު
މަޤާމް: |
އެސިސްޓަންޓް ޑިރެކްޓަރ |
މަޤާމުގެ ނަންބަރު: |
J-294865 / J-294869 / J-294873 |
ބޭނުންވާ އަދަދު: |
03 (ތިނެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
އެމް.އެސް 3 |
މަޤާމުގެ ކްލެސިފިކޭޝަން: |
އެސިސްޓަންޓް ޑިރެކްޓަރ |
ސެކްޝަން/ޔުނިޓް: |
މޮސްކް މެނޭޖްމަންޓް ސެކްޝަން / ފުވައްމުލަކު ޔުނިޓުތައް |
މަޤާމް އޮތް އޮފީސް: |
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ފުވައްމުލަކު އުތުރު ދާއިރާ / ފުވައްމުލަކު މެދު ދާއިރާ / ފުވައްމުލަކު ދެކުނު ދާއިރާ / ޏ.ފުވައްމުލައް |
މުސާރަ: |
މަހަކު 7035.00 ރުފިޔާ، |
ސަރވިސް އެލެވަންސް: |
މަހަކު 2000.00 ރުފިޔާ |
ސަޕޯޓިންގ ކޯ އެލަވަންސް2: |
މަހަކު 900.00 ރުފިޔާ |
އިތުރު ޢިނާޔަތްތައް: |
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. ޔުނިޓުގެ އެންމެހައި ކަންތައްތައް ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތިން އިސްވެ ބެލެހެއްޓުން. 2. ޔުނިޓުގެ މަސައްކަތްތައް ތަރައްޤީ ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން 3. ޔުނިޓް ހިންގުމާބެހޭ ހުރިހާ އިދާރީ މަސައްކަތްތައް ރާވާ ހިންގައި ބެލެހެއްޓުން 4. މުވައްޒަފުންނާ ގުޅޭ އެންމެހައި މަސައްކަތްތައް ކުރުވާ ބެލެހެއްޓުން. 5. މިސްކިތްތަކުގެ ނަމާދު ކުރުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރުވާ ބެލެހެއްޓުން 6. ހުށަހެޅޭ މައްސަލަތައް ބެލުމުގެ މަސައްކަތް ކުރުވާ ބެލެހެއްޓުން. 7. މިސްކިތްތަކުގައި ހުކުރު އަދި ދަރުސް ދިނުމުގެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރުވައި ބެލެހެއްޓުން. 8. ހުކުރު ތާވަލް ތައްޔާރު ކުރުމުގެ މަސައްކަތް ކުރުވައި ބެލެހެއްޓުން 9. ކޮންމެ އަހަރެއްގެ އިދާރީ ބަޖެޓް ތައްޔާރު ކުރުމަށްފަހު މިނިސްޓްރިއަށް ފޮނުވުން 10. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތް ކުރުވައި ބެލެހެއްޓުން 11. މިސްކިތްތައް މަރާމާތުކޮށް ފޮޅައި ސާފުކުރުމުގެ މަސައްކަތް ކުރުވައި ބެލެހެއްޓުން. 12. މިސްކިތްތަކަށް އަދި ޔުނިޓަށް ބޭނުންވާ ތަކެތި ގަތުމުގެ މަސައްކަތް ކުރުވާ ބެލެހެއްޓުން 13. ފުވައްމުލަކު ސިޓީގައި ހިންގާނެ ޕްރޮގްރާމްތައް ރާވައި ހިންގުމުގެ މަސައްކަތް ކުރުވައި ބެލެހެއްޓުން 14. މުސާރައާއި ފައިސާއާ ގުޅޭ އެންމެހައި މަސައްކަތްތައް ކުރުވައި ބެލެހެއްޓުން 15. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ރާވައި ހިންގުން 16. ސަހަރާ ތަކަށް ބޭނުންވާ ފޮޅާސާފުކުރުމުގެ ތަކެތި ސްޓޮކްއިން ހުސްވުމުގެ ކުރިން ޗެކްކޮށް، ތަކެތި ގަތުމުގެ އިންތިޒާމް މާލިޔަތު ޤާނޫނުގައިވާ ގޮތުގެ މަތިން ހަމަޖެއްސުން 17. ސަހަރާތައް ފޮޅާސާފުކުރުމުގެ ތަކެތީގެ ސްޓޮކް ބެލެހެއްޓުން. 18. ސަހަރާ ތަކުގެ ދަފްތަރެއް އެކުލަވައި އެ ދަފްތަރު ބެލެހެއްޓުން 19. ސަހަރާތައް މަރާމާތުކުރުމުގެ ކަންތައް މާލިޔަތު ޤަވައިދުގައި ވާގޮތުގެ މަތިން ކުރުން 20. ސަހަރާތައް ފޮޅާސާފުކޮށް ބެލެހެއްޓުން 21. މީގެ އިތުރުންވެސް ވެރިން އަންގަވާ ކަންތައް ކުރުން.
|
މަޤާމުގެ ޝަރުޠުތައް: |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް އިސްލާމިކްއެފެއާޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި |
އިންޓަވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އޮންނާނީ، 2018 މާރޗް 29 އާއި 2018 އެޕްރީލް 14 އާ ދެމެދު، ފުވައްމުލަކު ސިޓީގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއާއި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ
|
30% (ތިރީސް ޕަސެންޓް )
|
އިތުރު މަޢުލޫމާތު ހޯދުން: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3020200,3020287 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |
03 ރަޖަބު 1439