ދިވެހިރާއްޖެ
` މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ ދުވާފަރު, ދިވެހިރާއްޖެ ނަމްބަރ: (IUL)304-EDS/304/2018/12 ރ.ދުވާފަރު ރައްޔިތުންގެ ރުއްގަނޑުން ރުއް ކުއްޔަށް ދޫކުރުމާއިބެހޭ އުސޫލު ޢާއްމުކުރުން "ރ. ދުވާފަރު ރައްޔިތުންގެ ރުއްގަނޑުން ރުއް ކުއްޔަށް ދޫކުރުމާއި ބެހޭ އުސޫލް" 8 މާރޗް 2018 (ބުރާސްފަތި) ދުވަހު ބޭއްވި ރ.ދުވާފަރު ކައުންސިލްގެ 3 ވަނަ ދައުރުގެ 2018 ވަނަ އަހަރުގެ 13 ވަނަ ޢާއްމު ބައްދަލުވުމުންވަނީ ފާސްކޮށްފައެވެ.
ވީމާ، މީގެ ފަހުން "ރ.ދުވާފަރު ރައްޔިތުންގެ ރުއްގަނޑުން ރުއް ކުއްޔަށް ދޫކުރާނީ، "ރ. ދުވާފަރު ރައްޔިތުންގެ ރުއްގަނޑުން ރުއް ކުއްޔަށް ދޫކުރުމާއި ބެހޭ އުސޫލް" ގައިވާ ގޮތުގެ މަތީން ކަމުގައިވާތީ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ. އަދި މި އިޢުލާނާއިއެކު ރ.ދުވާފަރު ކައުންސިލުން ފާސްކޮށްފައިވާ "ރ. ދުވާފަރު ރައްޔިތުންގެ ރުއްގަނޑުން ރުއް ކުއްޔަށް ދޫކުރުމާއި ބެހޭ އުސޫލް" ޢާއްމު ކުރީމެވެ. 03 ރަޖަބް 1439 20 މާރޗް 2018
|