ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)264/PRIV/2018/22
ޕަބްލިޝްކުރި ތާރީޚް: 20 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި: 27 މާރިޗު 2018 14:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ ސަރަހައްދު ބެލެހެއްޓުމަށް މަސައްކަތު ގްރޫޕް ނެގުން

އިޢުލާން

 

މިކައުންސިލުން އާންމުކޮށް ބަލަހައްޓަންޖެހޭ ޢިޖުތިމާއީ ސަރަހައްދުތައް 1 އަހަރު ދުވަހުގެ މުއްދަތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތަކެއް ހޯދަން  ކުރެވުނު އިޢުލާން (IUL)264/PRIV/2018/18  (08 މާޗް 2018) އަށް އެކަށީގެންވާވަރަށް ކުރިމަތިލާފައި ނުވާތީ އެސަރަހައްދުތައް 1 އަހަރު ދުވަހުގެ މުއްދަތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތަކެއް ހޯދަން އަލުން އިޢުލާންކުރަމެވެ.

މިމަސައްކަތައް ކުރިމަތި ލައްވާ ފަރާތައް ވާންވާނީ އުމުރުން 18 އަހަރުފުރިފައިވާ ސިއްހީ ގޮތުން މިފަދަ މަސައްކަތެއް ކުރެވޭނެ ފަދަ ފަރާތްތަކަށެވެ. މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 27 މާޗް 2018 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން ކައުންސިލް އިދާރާއަށް ސިޓީއަކުން ހުށައެޅުން އެދެމެވެ.

މި މަސައްކަތު ގުރޫޕް އެކުލަވާލުމާ ގުޅޭ އުސޫލް ކައުންސިލްގެ ނޯޓިސް ބޯޑް ބެހެއްޓިފައި ހުންނާނެވާހަކަ ދެންނެވީމެވެ.

20 މާރިޗު 2018