ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1. މިނިސްޓްރީ އޮފް ޓުއަރިޒަމް – ރީޖަނަލް އެއަރޕޯޓްގެ ބޭނުމަށް ތިރީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު (IUL)13-K/13/2018/35 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ މި މަސައްކަތްތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
ޕްރޮޖެކްޓް ނަންބަރު |
ޕްރޮޖެކްޓް ނަން |
ލޮޓް ނަންބަރު |
ބިޑް ސެކިޔުރިޓީ ޢަދަދު (ރުފިޔާ) |
TES/2018/G-003R01 |
ށ.ފުނަދޫ އެއަރޕޯޓް އަށް ބޭނުންވާ ފަޔަރ ލޮރީގެ ސަޕްލައި އެންޑް ޑެލިވަރީގެ މަސައްކަތް |
ލޮޓް 1 |
-/100,000 ރުފިޔާ ނުވަތަ އެއާއި އެއްވަރުގެ އެމެރިކާ ޑޮލަރު |
TES/2018/G-003R01 |
ށ.ފުނަދޫ އެއަރޕޯޓް އަށް ބޭނުންވާ ފަޔަރ ފައިޓިންގ އިކުއިޕްމަންޓްސްގެ ސަޕްލައި އެންޑް ޑެލިވަރީގެ މަސައްކަތް |
ލޮޓް 2 |
-/10,000 ރުފިޔާ ނުވަތަ އެއާއި އެއްވަރުގެ އެމެރިކާ ޑޮލަރު |
TES/2018/G-003R01 |
ށ.ފުނަދޫ އެއަރޕޯޓް އަށް ބޭނުންވާ އޮޕަރޭޝަނަލް އިކުއިޕްމަންޓްސްގެ ސަޕްލައި އެންޑް ޑެލިވަރީގެ މަސައްކަތް |
ލޮޓް 3 |
-/10,000 ރުފިޔާ ނުވަތަ އެއާއި އެއްވަރުގެ އެމެރިކާ ޑޮލަރު |
TES/2018/G-003R01 |
ށ.ފުނަދޫ އެއަރޕޯޓް އަށް ބޭނުންވާ ސެކިޔުރިޓީ އިކުއިޕްމަންޓްސްގެ ސަޕްލައި އެންޑް ޑެލިވަރީގެ މަސައްކަތް |
ލޮޓް 4 |
-/30,000 ރުފިޔާ ނުވަތަ އެއާއި އެއްވަރުގެ އެމެރިކާ ޑޮލަރު |
TES/2018/G-003R01 |
ށ.ފުނަދޫ އެއަރޕޯޓް އަށް ބޭނުންވާ ނެވިގޭޝަނަލް އަދި މެޓް އިކުއިޕްމަންޓްސްގެ ސަޕްލައި އެންޑް ޑެލިވަރީގެ މަސައްކަތް |
ލޮޓް 5 |
-/10,000 ރުފިޔާ ނުވަތަ އެއާއި އެއްވަރުގެ އެމެރިކާ ޑޮލަރު |
2. މި ބީލަމުގައި ބައިވެރިވުމަށް -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 20 މާރިޗު 2018 އިން 1އެޕްރީލު 2018 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 12:00އަށް މި މިނިސްޓްރީ އިންނެވެ. ބީލަންފޮތްތައް ސޮފްޓްކޮޕީ ފޯރމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
3. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީ މި އިޢުލާނުގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޢަދަދަށް ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ % 5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
4. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2018 މާރިޗު 28 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
5. ބީލަން ހުޅުވުން އޮންނާނީ 2018 އެޕްރީލް5 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައިއެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
6. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނެޝަނަލް ޓެންޑަރ،
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
އަމީނީމަގު، މާލެ، ދިވެހިރާއްޖެ،
ފޯން : 3349104 3349106
އީމެއިލް :[email protected]
ކޮޕީ : [email protected]
7. މި އިޢުލާން މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.