ދިވެހިރާއްޖެ
ޢިއުލާން
މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޒުކުރެވެމުންދާ "ސާކް ބިޒްނަސް އެސޯސިއޭޝަން ފޯރ ހޯމްބޭސްޑް ވޯރކާރސް” (SABAH Project) އަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމް 1: ކޯޑިނޭޓަރ- ކެޕޭސިޓީ ބިލްޑިންގ އެންޑް މެމްބަރޝިޕް ޑިވެލޮޕްމެންޓް |
އަދަދު: 01 |
ފެންވަރު ނުވަތަ ޝަރުތު:
|
މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު
މަސައްކަތް ކުރަންޖެހޭ ގަޑި: ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 8:00ން މެންދުރުފަހު2:00 އަށް
މުސާރަ: 9,000 ދިވެހި ރުފިޔާއިން ލިބޭނެއެވެ.
ސާރވީސް އެލަވަންސް: ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން 8000 ރުފިޔާ ލިބޭނެއެވެ. (މަސައްކަތަށް ނުނިކުންނަ ކޮންމެ ދުވަހަކަށް 250 ރުފިޔާ އުނިކުރެވޭނެއެވެ. މީގެތެރޭގައި ބަންދުދުވަހެއްގައި ޚިދުމަތަށް ނުކުންނަންޖެހިއްޖެނަމަ ބަންދުދުވަސްތައްވެސް ހިމެނޭނެއެވެ.)
ވަޒީފާގެ މުއްދަތު: 1 އަހަރު
މަތީގައި އިއުލާންކުރެވިފައިވާ ވަޒީފާތަކުގެ އިތުރު ތަފްސީލް، މަސްއޫލިއްޔަތު އަދި ޓާރމްސް އޮފް ރެފަރެންސް މި މިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ޑައުންލޯޑުކުރެވޭނެއެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައި ގަންނަވާނެއެވެ.
ވަޒިފާއަށް ކުރިމަތިލުމުގެ ސުންގަޑި: ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރިޚަކީ 29 މާރިޗު 2018 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިންނެވެ. ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން، ސީ.ވީ.، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުން އެދެމެވެ. ނުވަތަ ތިރީގައިވާ އީމެއިލް އެޑްރެސްއަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީދުވަސްދުވަހު 08:00 – 14:00 ދެމެދު 3003018 އަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.