ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތުތު
1. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން، ސަރުކާރުގެ ސޯޝަލް ހައުސިންގ ސްކީމްގެ ދަށުން ބ.އޭދަފުށި، ދ.ކުޑަހުވަދޫ، ދ.މީދޫ، ލ.ގަން، ޅ.ނައިފަރު، ޅ.ހިންނަވަރު، ރ.މަޑުއްވަރި ސ.ފޭދޫގައި އަދި ށ.ކޮމަންޑޫގައި ޤާއިމުކުރާ ހައުސިން ޔުނިޓުތައް ޑިޒައިން، ބިލްޑް އަދި ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ތަރައްޤީ ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ދިވެހިރާއްޖެއާއި ބޭރުގެ މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
2. މި މަސައްކަތައް ބީލަން ހުށަހަޅާއިރު ވަކި ވަކި ރަށްތަކަށް ނުވަތަ ހުރިހާ ރަށްތަކަށްވެސް އަގު ހުށަހެޅިދާނެއެވެ.
ޕްރޮޖެކްޓް ނަންބަރ |
ލޮޓް |
ބިޑް ސެކިއުރިޓީ |
||
|
ޑިޒައިން، ބިލްޑް އަދި ކޮންޓްރެކްޓަރ ފައިނޭންސްގެ އުޞޫލުން ބ.އޭދަފުށީގައި ޤާއިމުކުރާ 100 ހައުސިންގ ޔުނިޓު |
-/400,000 ރުފިޔާ |
||
ޑިޒައިން، ބިލްޑް އަދި ކޮންޓްރެކްޓަރ ފައިނޭންސްގެ އުޞޫލުން ދ.ކުޑަހުވަދޫގައި ޤާއިމުކުރާ 50 ހައުސިންގ ޔުނިޓު |
-/200,000 ރުފިޔާ |
|||
ޑިޒައިން، ބިލްޑް އަދި ކޮންޓްރެކްޓަރ ފައިނޭންސްގެ އުޞޫލުން ދ.މީދޫގައި ޤާއިމުކުރާ 50 ހައުސިންގ ޔުނިޓު |
-/200,000 ރުފިޔާ |
|||
|
ޑިޒައިން، ބިލްޑް އަދި ކޮންޓްރެކްޓަރ ފައިނޭންސްގެ އުޞޫލުން ލ.ގަމުގައި ޤާއިމުކުރާ 200 ހައުސިންގ ޔުނިޓު |
-/800,000 ރުފިޔާ |
||
ޑިޒައިން، ބިލްޑް އަދި ކޮންޓްރެކްޓަރ ފައިނޭންސްގެ އުޞޫލުން ޅ.ނައިފަރުގައި ޤާއިމުކުރާ 100 ހައުސިންގ ޔުނިޓު |
-/400,000 ރުފިޔާ |
|||
ޑިޒައިން، ބިލްޑް އަދި ކޮންޓްރެކްޓަރ ފައިނޭންސްގެ އުޞޫލުން ޅ.ހިންނަވަރުގައި ޤާއިމުކުރާ 100 ހައުސިންގ ޔުނިޓު |
-/400,000 ރުފިޔާ |
|||
ޑިޒައިން، ބިލްޑް އަދި ކޮންޓްރެކްޓަރ ފައިނޭންސްގެ އުޞޫލުން ރ.މަޑުއްވަރީގައި ޤާއިމުކުރާ 50 ހައުސިންގ ޔުނިޓު |
-/200,000 ރުފިޔާ |
|||
ޑިޒައިން، ބިލްޑް އަދި ކޮންޓްރެކްޓަރ ފައިނޭންސްގެ އުޞޫލުން ސ.ފޭދޫއި ޤާއިމުކުރާ 100 ހައުސިންގ ޔުނިޓު |
-/400,000 ރުފިޔާ |
|||
ޑިޒައިން، ބިލްޑް އަދި ކޮންޓްރެކްޓަރ ފައިނޭންސްގެ އުޞޫލުން ށ.ކޮމަންޑޫގައި ޤާއިމުކުރާ 50 ހައުސިންގ ޔުނިޓު |
-/200,000 ރުފިޔާ |
3. ބީލަމެއްގައި ބައިވެރިވުމަށް -/500 (ފައްސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 21 މާރިޗު 2018 އިން 19 އެޕްރީލް 2018 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 12:00 އަށް މި މިނިސްޓްރީ އިންނެވެ. މިޕްރޮޖެކްޓާ ގުޅޭ އެންމެހާ މަޢުލާމާތު މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
4. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީ ގޮތުގައި މަތީގައިވާ ތާވަލުގައިވާ ޢަދަދަށް ކޮންމެ މަސައްކަތަކަށް ވަކިންހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ.
5. ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 3 އެޕްރީލް 2018 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.
6. ބީލަން ހުޅުވުން އޮންނާނީ 24 އެޕްރީލް 2018 ވާ އަންގާރަ ދުވަހުގެ 10:00 ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނެޝަނަލް ޓެންޑަރ،
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
އަމީނީމަގު، މާލެ، ދިވެހިރާއްޖެ،
ފޯން : 3349102 3349106
އީމެއިލް : [email protected]
ކޮޕީ : [email protected]