ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)301-AS/301/2018/19
ޕަބްލިޝްކުރި ތާރީޚް: 19 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 10:33
ސުންގަޑި: 27 މާރިޗު 2018 13:00
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

 

ވަޒީފާގެ ފުރުސަތު

 

މިއިދާރާގެ ބެލުމުގެ ދަށުގައިވާ މަސްޖިދުލް ތައާލުފްއަށް ވޭޖް އެމްޕްލޯއިމެންޓް އުޞޫލުން 01 އަހަރު ދުވަހުގެ މުއްދަތަށް ނުވަތަ މަސްޖިދުލް ތައާލުފްއަށް ދާއިމީ އިމާމަކު ހަމަޖެހެންދެން  މުވައްޒަފުން ހޯދަން ބޭނުންވެއްޖެއެވެ.

 

މަޤާމު :      އިމާމު / މުދިމް

މަޤާމުގެ ނަންބަރ:         --

ބޭނުންވާ އަދަދު:          01

މަޤާމުގެ ގިންތި:   ވަގުތީ (ވޭޖް އެމްޕްލޯއިމެންޓް)

މަޤާމުގެ ރޭންކް:     އިމާމު (ޖީ. އެސް 3) / މުދިމު (ޖީ.އެސް 1)

މަޤާމުގެ ކްލެސިފިކޭޝަން:   އިމާމު (އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1)

                    މުދިމް (އެސިސްޓެންޓް އޮފިސަރ ގްރޭޑް 1)

ސެކްޝަން:     އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސެކްޝަން

މަޤާމް އޮތް އޮފީސް:  މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް

ވަޒީފާ އަދާކުރަން ޖެހޭތަން:  މަސްޖިދުލް ތަޢާލަފް (ރ. އަނގޮޅިތީމް)

މުސާރަ:      އިމާމު (ގަޑިއަކަށް -/56 ރުފިޔާ)

              މުދިމު (ގަޑިއަކަށް -/48 ރުފިޔާ)

 

މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:    

އެއްބަސްވުމުގައިވާ ގޮތުގެ މަތީން މަސްޖިދުލް ތައާލުފްގައި  ބަންގި ދިނުމާއި، އިމާމުވެ ނަމާދު ކުރުމާއި، މަޤާމުގެ މަސައްކަތާއި ގުޅޭ އެހެނިހެން މަސައްކަތްތައް ކުރުން.        

 

މަޤާމުގެޝަރުޠުތައް:      

އިމާމުންގެ ޝަރުތުތައް:

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.  ނުވަތަ
  2. އިމާމު ކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ
  3. ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވުން.

 

މުދިމުންގެ ޝަރުތުތައް:

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، އިމާމުވެ ނަމާދުކުރެވޭ ވަރަށް ތަޖުވީދު މަގުން ޤުރުއާން ކިޔަވަން އެގުން. ނުވަތަ
  2. ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވުން.

  

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

  • ލިބިފައިވާ ތަޢުލީމާ ތަޖުރިބާ އަދި އިންޓަރވިއުއަށް

                    

ހުށަހަޅަންޖެހޭ ލިޔުންތައް:  

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

        (ހ) މޯލްޑިވެސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ  ސެޓުފިކެޓުތަކުގެކޮޕީ

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  2. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:         

 ވަޒީފާއަށް އެދޭފޯމު ރ. އަނގޮޅިތީމު ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މި  މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 މާރޗް 2018 ވާ އަންގާރަ ދުވަހުގެ 13.00 ގެ ކުރިން، ރ.އަނގޮޅިތީމު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެތަނާއި މުއްދަތު:     

 މިމަޤާމަށް ބޭނުންވާ ޢަދަދަށްވުރެ ގިނަ މީހުން ކުރިމަތި ލާފައިވާނަމަ އެއިގެ ތެރެއިން މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 01 އެޕްރީލް 2018 އާއި  30 އެޕްރީލް 2018 އާ ދެމެދު އަނގޮޅިތީމް ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަރވިއުއަށް  ޙާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓްލިސްޓްކުރުން:    

 މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަ ނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ  މަތީ މާރކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

    

މި މަޤާމަށް މީހުން ހޮވުމަށްކަނޑައަޅާފައިވާ ކްރައިޓީރިއާގެހުރިހާ ބަޔަކުން އެންމެދަށްވެގެން ލިބެންޖެހޭ ޖުމްލަ

އިންސައްތަ:           

 މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން

 %30 ލިބެން ޖެހޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:  

  • މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފް ކުރުމަށް ގުޅުއްވާނީ 6580071 ނަންބަރ ފޯނަށެވެ.

 

02 ރަޖަބް   1439

 

19 މާރިޗު 2018