ދިވެހިރާއްޖެ
ބީބީލަން ހުށަހެޅުމުގެ ދަޢުވަތުތު
1. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން، މަގުހެދުމުގެ މަޝްރޫޢުތަކަށް ބޭނުންވާ ތިރީގައިވާ ތާވަލުގައިވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ޕްރޮޖެކްޓްގެ ނަން |
ޕްރޮޖެކްޓް ނަންބަރު |
ބިޑް ސެކިއުރިޓީ |
އިންޓަރ ލޮކިންގ ޒިގްޒެގް ބްލޮކްސް ސަޕްލައިކޮށްދިނުން |
TES/2018/G-009 |
32،000 ރުފިޔާ |
ތާރު އެޅުމަށް ބޭނުންވާ ތަކެތި (Asphalt Material) ސަޕްލައިކޮށްދިނުން |
TES/2018/G-008 |
246،000 ރުފިޔާ |
ޕީ.ވީ.ސީ ހޮޅި ސަޕްލައިކޮށްދިނުން |
TES/2018/G-010 |
46،000 ރުފިޔާ |
ސިމެންތި ސަޕްލައިކޮށްދިނުން |
TES/2018/G-011 |
55،000 ރުފިޔާ |
ކޯސް އެގްރިގޭޓަރ، ފައިން އެގްރިގޭޓަރ އަދި ޑިފޯމްޑް ބާރސް ސަޕްލައިކޮށްދިނުން |
TES/2018/G-012 |
28،000 ރުފިޔާ |
2. ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް -/500 (ފަސްސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 20 މާރިޗު 2018 17 އޭޕްރީލް 2018އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 12:00 އަށް މި މިނިސްޓްރީއިންނެވެ. ބީލަމާއި ބެހޭ އެންމެހައި މަޢުލޫމާތު ސޮފްޓްކޮޕީ ފޯރމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
3. ޕްރޮޖެކްޓުތަކުގެ ބިޑްސެކިޔުރިޓީ މަތީގައިވާ ތާވަލުގައިވާ ޢަދަދަށް ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ % 5 އެވެ.
4. ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 03 އޭޕްރީލް 2018ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.
5. ބީލަން ހުޅުވުން އޮންނާނީ 25 އޭޕްރީލް 2018 ވާ ބުދަ ދުވަހުގެ 10:00 ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނެޝަނަލް ޓެންޑަރ
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
އަމީނީމަގު، މާލެ، ދިވެހިރާއްޖެ،
ފޯން : 3349106 3349191
އީ-މެއިލް : [email protected]
ކޮޕީ : [email protected]