މަސައްކަތް
ނަންބަރު: (IUL)438-CCD/438/2018/98
ޕަބްލިޝްކުރި ތާރީޚް: 18 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 15:01
ސުންގަޑި: 01 އޭޕްރިލް 2018 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އިމާރާތްތަކުގައި ބޭނުންކުރާ ހަކަތަ އާއި ފެން އިޤުތިޞާދު ކުރެވޭނެ ގޮތުގެ ގައިޑްލައިނެއް ހެދުން

ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

އިމާރާތްތަކުގައި ބޭނުންކުރާ ހަކަތަ އާއި ފެން އިޤުތިޞާދު ކުރެވޭނެ ގޮތުގެ ގައިޑްލައިނެއް ހެދުން(ދެވަނަ ޢިއުލާން)

"ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް" މަޝްރޫޢުއަކީ މިމިނިސްޓްރީއާއި އ.ދ ގެ ތިމާވެއްޓާއިބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫ އެން އެންވަޔަރަންމަންޓް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގެ ދަށުން، ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ މައިގަނޑު ބޭނުމަކީ، އިމާރާތްތަކުގެ ދާއިރާއިން ޖައްވަށްބޭރުކުރެވޭ ވިހަގޭސް (ގްރީންހައުސް ގޭސް) މަދުކޮށް މިދާއިރާއިން ހަކަތަ އިސްރާފުކުރުން މަދުކުރުމާއި އަދި ތިމާވެއްޓައި ރައްޓެހިގޮތުގައި ހަކަތަ ބޭނުންކުރުން އިތުރުކުރުމެވެ. މިގޮތުން މިކަމާގުޅުންހުރި ސިޔާސަތުތަކާއި މިންގަނޑުތައް އެކުލަވާލުން ވެސް މިމަޝްރޫޢުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މަޝްރޫއުގެ ތެރެއިން  އިމާރާތްތަކުގައި ބޭނުންކުރާ  ހަކަތަ އާއި ފެން އިޤުތިޞާދު ކުރެވޭނެ ގޮތުގެ ގައިޑްލައިނެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް 5 ފެބުރުވަރީ 2018 ގައި ކުރެވުނު ނަންބަރު IUL)438-CCD/438/2018/44)  އިޢުލާނަށް ލިބިފައިވާ ޕްރޮޕޯސަލް ތަކުގެ ތެރެއިން ފައިނޭންޝަލް އިވެލުއޭޝަންއަށް ފާސްވާ ފަރާތްތަކުން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކަކީ ކަޑައަޅާފައިވާ ބަޖެޓަށްވުރެ ބޮޑު އަގަކަށްވާތީ، އެއިޢުލާން ބާތިލްކޮށް އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މި މިސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ސުންގަޑި

ޝައުޤުވެރިވާ ފަރާތްތަކުން 1 އެޕްރީލް 2018 ވަނަ ދުވަހުގެ 11:00 ގެ ކުރިން، ޕްރޮޕޯސަލް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. އަދި ޕްރޮޕޯސަލްތައް ހުޅުވާނީ 1 އެޕްރީލް 2018 ވަނަ ދުވަހުގެ 13:00 ޖަހާ އިރު އެ މީޓިންގައި ބައިވެރިވާން ބޭނުންވާ ބޭފުޅުންގެ ކުރިމަތީގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް، މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" ގައިބަޔާންކޮށްފައިވާ ގޮތަށް ބީލަންހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯސަލް ހުށަހަޅަންޖެހޭ އެޑްރެސް:

ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައި ތިރީގައިވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

"އިމާރާތްތަކުގައި ބޭނުންކުރާ ހަކަތަ އާއި ފެން އިޤުތިޞާދު ކުރެވޭނެ ގޮތުގެ ގައިޑްލައިނެއް ހެދުން"

 

ޕްރޮކިޔުމަންޓް ސެކްޝަން،
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv

 

18 މާރިޗު 2018