ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
އޮފީސް އެސިސްޓެންޓް
|
މަގާމުގެ ނަންބަރު:
|
230586
|
ބޭނުންވާ އަދަދު:
|
1
|
މަގާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
އެސް. އެސް 2
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ސަޕޯޓް ސްޓާފް ގްރޭޑް 2
|
ސެކްޝަން:
|
ކޯޕަރރޭޓް މެނޭމަންޓް ޑިޕާޓްމަންޓް
|
މަގާމު އޮތް އޮފީސް
|
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
|
މުސާރަ:
|
-/3,470 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
-/1,000 ރުފިޔާ
|
ސަޕޯޓިންގ ކޯ އެލަވަންސް:
|
-/1,200 ރުފިޔާ
|
އިތުރު ޢިނާޔަތްތައް:
|
1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
( މީގެ އިތުރުން މަޤާމަށް ކަނޑައަޅާފައިވާ ޢިނާޔަތްތައް )
|
ޝަރުތު
|
- ލިޔަންކިޔަން އެނގުން. ނުވަތަ
- މަގާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް ހާސިލްކޮށްފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ރަސްމީ ދުވަސްތަކާއި ނުރަސްމީ ވަގުތު ތަކުގައި އޮފީސް ހުޅުވާ ލައްޕަންޖެހިއްޖެ ހާލަތްތަކުގައި އޮފީސް ހުޅުވާ ލެއްޕުން
- ކޮންމެ ދުވަހެއްގެ ހެނދުނު މީޓިންތައް ފެށުމުގެ ކުރިން މީޓިންރޫމްތަކުގެ ގޮޑިތައް ތަރުތީބުކު ރެއްވުމާއި މީޓިންގ ރޫމުތައް ސާފުކރަންޖެހޭ ހާލަތްތަކުގައި މީޓިންގ ރޫމްސާފުކުރުން
- ކޮންޓްރެކްޓް އުސޫލުން އޮފީހާއި އޮފީހުގެ ގޯތިތެރެ ފޮޅާސާފުކޮށް ބެލެހެއްޓުމަށްޓަކައި ހަވާލުކުރެވިފައިވާ ފަރާތްތަކުން އެމަސައްކަތް އެމަސައްކަތް ކުރަމުންދާގޮތް ބަލާ މޮނިޓަރ ކުރެއްވުމާއި އެމަސައްކަތް ކުރުވުން
- މިނިސްޓްރީން އެކި އެކި ކަންކަމާއިގުޅިގެން ނަގަންޖެހޭ ފައިސާނެގުމާއި ޖަމާކުރަންޖެހޭ ފައިސާ ޖަމާކުރުން
- އިމާރާތުގެ މަރާމާތުގެ އޭސީ ސިސްޓަމް ، ފަޔަރ އެލާމްސިސްޓަމް އަދި ލިފްޓް ސަރވިސް މަސައްކަތް ހިންގަމުންދާއިރު މަސައްކަތް ކުރަމުންދަނީ އެމަސައްކަތާއި ގުޅިގެން ހަދާފައިވާ ކޮންޓްރެކްޓް އެގްރިމެންޓާއި އެއްގޮތައްތޯ ބެލުމާއި އެމަސައްކަތް ކުރުވުމުގައި އޮފީހުން ދޭންޖެހޭ އެހީތެރިކަން ދިނުން.
- މިނިސްޓަރުންނާއި މިނިސްޓަރުގެ ދަށުން ތިއްބަވާ ނައިބުން ފެންވަރުގެ ބޭފުޅުންނާއި ޕާމަނަންޓް ސެކްރެޓެރީ ރާއްޖެ އާއި ރާއްޖޭން ބޭރަށް ކުރައްވާ ދަތުރު ތަކާއި ގުޅިގެން އެއަރޕޯޓަށް ގެންދަންޖެހޭ ލަގެޖް ގެންދިއުމާއި ގެނައުން
- އޮފީހުގެ އެއްތަނުން އަނެއް ތަނަށް ގެންދަންޖެހޭ ސިޓީ ކާރޑް ފަދަ އެއްޗެހި ގެންދިޔުން
- އޮފީހުގެ އޭސީ އާއި ލައިޓްތައް ނިއްވާ ބެލެހެއްޓުން
- އޮފީހުގެ ޖާގަ ހެދުމާއި ގޮޑި މޭޒު ތަރުތީބު ކުރުމަށް އެހީތެރިކަން ދިނުން
- އޮފީހުގެ ބޭނުމަށް ހޯދަންޖެހޭ ކޯޓޭޝަންތައް ހޯދުން
- އޮފީހުގެ ބެހެއްޓިފައިހުންނަން ފެންކޫލަރުތަކަށް ފެންފުޅިޖެހުމާއި އޮފީހުގެ ހަރުކޮށްފައިހުންނަ ލައިޓެއް އަދައިފިނަމަ އެލައިޓެއް ޖެހުން
- އޮފީހުގެ ފަރާތުން މާލެއާއި ރާއްޖެތެރޭގެ އެކިރައްރަށުގައި ބޭއްވޭ ރަސްމިއްޔާތު ތަކާއިގުޅިގެން އެތަންތަނަށް ފޮނުވަންޖެހޭތަކެތި އުޅަދަކަށް ލާންޖެހިއްޖެނަމަ އެމަސައްކަތުގައި އެހީތެރިވެދިނުން
- މިނިސްޓްރީގެ އެއްގަމު އުޅަދާއި ކަނޑު އުޅަދުފަހަރުގެ ރޯޑުވާދިނަސް ހެއްދުމަށް ގެންދަންޖެހޭ ތަންތަނަން ގެންދިއުމާއި އެއުޅަދުތަކުގެ އަހަރީފީ އާއި އިންސުއަރެންސް ހެއްދުމުގައި އެހީތެރިވެދިނުން
- މިނިސްޓްރީގެ ސްޓޮކްރޫމުތައް ތަރުތީބުކޮށް ބެލެހެއްޓުމުގަ އެޑްމިން ސެކްޝަނަން ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުން ދިނުން
- މި ނޫނަސް އޮފީހުން ރާވާ ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ އެ މަސައްކަތްތައް ކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
|
- މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
- ގިނައިރު މަސައްކަތުގއި އުޅެވޭނެ ފަރާތެއް ކަމުގައިވުން.
- ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖޭއިން ބޭރުގެ ޕްރޮގްރާމުތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގެރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ . ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ
- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްތަދާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
- ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
|
މަގާމަށް އެދެންވީގޮތާއި ސުންގަޑި:
|
ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން www.environment.gov.mv މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަށްޖެހޭ ތަކެތި ހުށަހަޅާނީ 2018 މާރިޗު 29 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށެވެ. ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭއެވެ. އީމެއިލް އެޑްރެހަކީ [email protected] އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
|
އިންޓަރވިއު ( އިމްޠިޙާނާއި ޕްރެޒެންޓޭޝަން ) އޮންނާނެ ތަނާއި މުއްތަދު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި އިމްތިޙާން ކުރުން 01 އޭޕްރީލު 2018 އާއި 30 އެޕްރީލް 2018 އާ ދޭތެރޭގެ ތާރީޚެއްގައި މި މިނިސްޓްރީގައި އޮންނާނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޙުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރުމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ (10 ) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މަޤާމަށް މީހުން ހޯވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތަ:
|
މަގާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ %25
|
އިތުރު މަޢުލޫމާތު ހޯދުމަށް:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.
|
01 ރަޖަބު 1439
18 މާރިޗު 2018
|