ދިވެހިރާއްޖެ
މި މިނިސްޓްރީއަށް މާލެ ހުޅަނގު ދެކުނުގައި ތަރައްޤީކޮށްފައިވާ 960 އަކަފޫޓުގެ ފުޑްކޯޓު 05 އަހަރު ދުވަހުގެ މުއްދަތަށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 މާރިޗު 21 ވާ ބުދަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 މާރިޗު 28 ވާ ބުދަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 މާރިޗު 21 ވާ ބުދަ ދުވަހުގެ 13:30 އިން ފެށިގެން 2018 މާރިޗު 28 ވާ ބުދަ ދުވަހުގެ 12:30 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.