މަސައްކަތް
ނަންބަރު: (IUL)383/383/2018/22
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 14:35
ސުންގަޑި: 20 މާރިޗު 2018 13:00
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުމަތީގައި ޤާއިމް ކުރެވިފައިވާ ފެނުގެ ނިޒާމް މަރާމާތު ކުރުމާއި ގުޅޭ

ތ.ވިލުފުށީ ބަނދަރު ސަރަޙައްދުން އޮޑި ދޯނި ފަހަރަށް ފެންދޫކުރުމަށް ޤާއިމް ކުރެވިފައިވާ ފެން އިސްކުރު ބަރިތަކުގައި ކުރަންހުރި ބައެއް މަރާމާތާއި ޕަންޕް ސްޓޭޝަންގެ ދޮރު ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދަންބެނުންވެއެވެ.

މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން، 2018 މާރޗް 20 ވާ އަންގާރަ ދުވަހު 13:00 ގައި މިއިދާރާގެ ކޮންފަރެންސް ރޫމުގައި އޮންނާނެއެވެ. އަދި މިކަމަށްއެދި އަގު ހުށަހެޅުން، 2018 މާރޗް 26 ވާ ހޯމަ ދުވަހު 13:00 ގައި މިއިދާރާގެ ކޮންފަރެންސް ރޫމުގައި  އޮންނާނެއެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާފަރާތެއްނަމަ ވެރިފަރާތުގެ ޞައްޙަ ސިޓީއަކާއިއެކު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ގެންނަންވާނެއެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

14 މާރިޗު 2018